ސިއްހަތު

އިސްލާމިކް ޔުނިވަރސިޓީގެ އިސް މަގާމުތަކަށް މީހުން އައްޔަންކޮށްފި


އިސްލާމިކް ޔުނިވަރސިޓީގެ އިސް ބައެއް މަޤާމުތަކަށް މީހުން އައްޔަންކޮށްފިއެވެ.ޔުނިވަރސިޓީގެ މަގާމުތަކަށް އައްޔަންކޮށްފައިވާ ބޭފުޅުންގެ ތެރޭގައި، ޔުނިވަރސިޓީގެ ކުއްލިޔާ އޮފް ޝަރިއްޔާ އެންޑް ލޯގެ ޑީންގެ މަގާމަށް އައްޔަންކޮށްފައިވަނީ މުހައްމަދު ޝުޖާއުއެވެ.ހެޑްއޮފް ސެންޓަރ ފޯރ ރިސާރޗް އެންޑް ޕަބްލިކޭޝަންއަށް ހަމަޖައްސާފައި ވަނީ ޑރ ދީބާ މޫސާއެވެ.ކުއްލިޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައިންސްގެ ޑީންގެ މަގާމަށް އައްޔަންކޮށްފައިވަނީ އަހުމަދު ސަލީމް ހުސައިންއެވެ.ކުއްލިޔާ އޮފް އަރެބިކް ލެންގުއޭޖުގެ އެކްޓިންގ ޑީންގެ މަގާމަށް އައްޔަންކޮށްފައިވަނީ ނަސްރުﷲ މުސްތަފާއެވެ.ކުއްލިޔާ އޮފް އެޑިޔުކޭޝަންގެ ޑީންގެ މަގާމަށް އައްޔަންކޮށްފައިވަނީ ޑރ އައިޝަތު ރީޝާއެވެ.ސެންޓަރ ފޯރ ފައުންޑޭޝަން ސްޓަޑީޒްގެ އިސްވެރިޔަކަށް އައްޔަން ކޮށްފައިވަނީ އަބްދުލަތީފް މުހައްމަދުއެވެ. މީގެ އިތުރުން ލެންގުއޭޖެ ލާނިންގ ސެންޓަރުގެ ހެޑަކަށް ހަމަޖައްސާފައިވަނީ އައިޝަތު ޝައިނާއެވެ.މިމަޤާމުތަކަށް ބޭފުޅުން ހަމަޖައްސަވާފައިވާކަން އިސްލާމިކް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ މުހައްމަދު ޝަހީމް އަލީ ޝައީދު ކުރެއްވި ޓްވީޓެއްގައި ވަނީ ހާމަކުރައްވާފައެވެ.