ދުނިޔެ

ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުގެ މަޝްވަރާތައްފަށައިފި


ނިއުކްލިޔަރ
މައްސަލާގައި އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުގެ
މަސައްކަތް އެމެރިކާއާއި ވިލާތުގެ އިއްތިޙާދުން ރަސްމީ ސިފައެއްގައި ފަށައިފިއެވެ. 

ވައިޓް ހައުސް އާއި ވިލާތުގެ އިއްތިޙާދުން ބުނީ އީރާނާ ދެކޮޅަށް އަޅާފައިވާ
ދަތިކުރުމުގެ ހުރިހާ ފިޔަވަޅުތަކެއް އުވާލުމަށް ބޭނުންވާ ގާނޫނީ އިޖުރާއާތު
ފުރިހަމަކުރުމުގެ މަސައްކަތް އާދީއްތަ ދުވަހު ފަށާފައިވާ ކަމަށެވެ.



އީރާނާ ދެކޮޅަށް
އަޅާފައިވާ ދަތިކުރުމުގެ ހުރިހާ ފިޔަވަޅުތަކެއްއުވާލުމުގެ ގާނޫނީ އިޖުރާއާތު
ނިންމުމުގެ މަސައްކަތް އެމެރިކާއާއި ވިލާތުގެ އިއްތިޙާދުން ފަށާފައިމިވަނީ
އީރާނާއި ދުނިޔޭގެ ބޮޑެތި ބާރުތަކުން މިދިޔަ ޖުލައި މަހު ސޮއިކުރި އީރާނުގެ ނިއުކްލިޔަރ
އެއްބަސްވުމުގައި މިކަމަށް ދީފައިވާ 90 ދުވަހުގެ މުއްދަތު ހަމަވުމާ ގުޅިގެނެވެ.
މިއެއްބަސްވުމުގައިވާގޮތުން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ހުރިހާ
ފިޔަވަޅުތަކެއް އުވާލުމަށް ކުރަންޖެހޭ ގާނޫނީ އަދި އިދާރީ ކަންކަން
މިއެއްބަސްވުމުގައި ސޮއިކުރާތާ 90 ދުވަހަށްފަހު ފަށަންޖެހޭކަމަށެވެ.
މިކަމާބެހޭގޮތުން ދެއްވި ބަޔާނެއްގައި އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވީ
މިއީ ތާރީޚީ އެއްބަސްވުމެއް ތަންފީޒު ކުރަންފެށުމުގެ ތާރީޚީ ދުވަހެއްކަމަށެވެ.