ސިއްހަތު

ރޯގާއާއި ވައިރަލް ފީވާއަށް ސަމާލުވުމަށް އިލްތިމާސް ކޮށްފި


އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް "އައި.ޖީ.އެމް.އެޗް"އަށް މިމަހުގެ މިހާތަނަށް ހުން ޖެހިގެން 1460 މީހުން އެ ހޮސްޕިޓަލަށް ދައްކާފައިވާކަމަށް އައި.ޖީ.އެމް.އެޗްގެ ތަފާސް ހިސާބުތަކުންދައްކައެވެ. 5 އަހަރުން ދަށުގެ 252 ކުއްޖަކު ވައިރަލް ފީވަރ ޖެހިގެން މިމަހު ޑޮކްޓަރަށް ދައްކާފައިވާކަމަށާއި އަދި 5 އަހަރުން މަތީގެ 1200އަށް ވުރެއް ގިނަ މީހުން ވައިރަލް ފީވަރ ޖެހިގެން ޑޮކްޓަރަށް ދައްކާފައިވާކަމަށްވެސް ހޮސްޕިޓަލުގެ ތަފާސް ހިސާބުތަކުންދައްކައެވެ.ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މިމަހު އެންމެ ގިނައަދަދަކަށް ވައިރަލް ފިވަރ ޖެހިގެން ރިކޯޑްކޮށްފައިވަނީ ގދ އަތޮޅުންނެވެ. އެ އަތޮޅުން  437 މީހަކަށް ވައިރަލް ފީވަރ ޖެހިފައިވާކަމަށް އެޗް.ޕީ.އޭގެ ތަފާސް ހިސާބުތަކުންދައްކައެވެ. ހދ، ހއ، ލ އަދި ކ އަތޮޅުން ވެސް ވައިރަލް ފީވަރ ޖެހިގެން މިމަހުގެ މިހާތަނަށް 300 އަށްވުރެއް ގިނަމީހުން ރިޕޯޓްކޮށްފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ތަފާސް ހިސާބުތަކުންދައްކައެވެ.ވައިރަލް ފީވަރ ގެ އިތުރުން ރޯގާ ވެސް އަތޮޅުތަކުގައި ދަނީ ފެތުރެމުނެވެ. އެގޮތުން އެންމެ ގިނައަދަދަކަށް ރޯގާ ޖެހިގެން ރިޕޯޓްކޮށްފައިވަނީ ލ.އަތޮޅުންނެވެ.އެ އަތޮޅުން އެއްހާހަށްވުރެ ގިނަމީހުން ރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކާފައިވެއެވެ.މިމަހުގެ މިހާތަނަށް އެންމެ ގިނަ އަދަދަކަށް ބޭރަށް ހިންގުން ޖެހިންގެން ރިޕޯޓްކޮށްފައިވަނީ ހއ އަތޮޅުންކަމަށް އެޗް.ޕީއޭގެ ތަފާސް ހިސާބުތަކުންދައްކައެވެ.ރާއްޖޭގެ އެކި ހިސާބުތަކުން ރޯގާއާއި ބޭރަށް ހިންގުންމާއި ވައިރަލް ފީވާރ އިތުރުވަމުންދާތީ މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެޗް.ޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.މި ބަލިތަކަކީ އެކެއްގެ ގައިން އަނެކަކުގެ ގަޔަށް ފަސޭހައިން އަރާ ބަލިތަކަށްވާތީ މިފަދަ ރޯގާޖެހުމާއި ފެތުރުން ހުއްޓުވުމަށް ފަރުދީ ފެންވަރުގައި މަސައްކަތްކުރުމަށް އެ އެޖެންސީން ވަނީ އިލްތިމާސްކޮށްފައެވެ.އަރިދަފުސް ރޯގާއާއި ވައިރަލްހުމުން ރައްކާތެރިވުމަށް ކެއްސާ ކިނބިހި އަޅާއިރު އަނގަޔާއި ނޭފަތް ރަގަޅަށް ނިވާކުރުމަށާއި ސައިބޯނި ލައިގެން އަތްދޮވުމަށްވެސް އެ އެޖެންސީން އިލްތިމާސްކުރެއެވެ. މީގެ އިތުރުން މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން މަދުކުރުމާއި ޚާއްސަކޮށް މިފަދަ ތަންތަނަށް ކުޑަކުދިން ނުގެންދިއުމަށާއި ގިނަގިނައިން ދިޔާއެއްޗެހި ދިނުމަށްވެސް އެ އެޖެންސީން އިރުޝާދު ދީފައިވެއެވެ.އަދި ޕެރަސެޓަމޯލް ފިޔަވާ އިތުރު ބޭހެއް އަމިއްލައަށް ބޭނުންނުކުރުމަށާއި ހުންއައިސްގެން ތިންދުވަހަށްވުރެ އިތުރުވާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުމަށްވެސް ހެލްތު ޕްރޮޓެކަޝަން އެޖެންސީން ވަނީ އިލްތިމާސް ކޮށްފައެވެ.