ޚަބަރު

މާލެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި


ހެންވޭރު ގްރީން
އެވެނިއު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.



ފުލުހުން ބުނީ ހެންވޭރު
ގްރީން އެވެނިއު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު
ލިބިފައިވަނީ މިއަދު މެންދުރު 12.40 ހާ އިރު ކަމަށާއި ކުޑަ އިރުކޮޅެއްގެ ތެރޭގައި
އަލިފާން ގަނޑު ނިއްވާލާފައިވާ ކަމަށެވެ.



މި ހާދިސާގައި
އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށާއި އަލިފާނުގެ ހާދިސާ ހިނގަން
މެދުވެރިވި ސަބަބެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.