ކުޅިވަރު

ތަމްރީންތަކަށް އަފްނާންއާ ޝަހުރުނާޒް އިންޑިޔާއަށް


އެއް އަހަރު ދުވަހުގެ
ސްކޮލަޝިޕަކަށް އަފްނާންއާ ޝަހުރުނާޒް މިއަދު އިންޑިޔާއަށް ފުރައިފި.

 މޯލްޑިވްސް
ބެޑްމިންޓަން އެސޯސިއެޝަންއިން މަޢުލުމާތުދޭ ގޮތުގައި މިސްކޮލަޝިޕްއަކީ މޯލްޑިވްސް
އޮލިމްޕިކް ކޮމެޓީގެ އެހީގައި މިދެ ކުޅުންތެރިންނަށް ލިބިގެންދިޔަ
ފުރުސަތެއްކަމަށެވެ. ގައުމީ ބެޑްމިންޓަން ޓީމްގެ މެނޭޖާރ އިޝްފާން މުހައްމަދުބުނީ
އެއްއަހަރު ދުވަހު ސްކޮލަޝިޕްއެއްގެ ދަށުން މިދެ ކުޅުންތެރިން ފަރިތަކުރުންތަށް
ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އިންޑިޔާގެ ބެންގަލޫރުގެ ތޯމަސް
އެކަޑަމީގައެވެ. އިންޑިޔާގެ ތޯމަސް އެކަޑަމީއަކީ މިހާރު ބެޑްމިމްޓަންގައި އެންމެ
ނަންހިގާ ކުޅުންތެރިންވެސް ފަރިތަކުރުންތަށް ކުރިއަށް ގެންގޮސްފައިވާ
އެކަޑަމީއެއްކަމެއްކަމަށާ ހާއްސަކޮށް އެކަޑަމީގެ ތަމްރީންތަށް
ފާހަގަކޮށްލެވޭކަމަށްވެސް އިޝްފާންބުނިއެވެ. އެއްއަަހަރު ދުވަހުގެ ސްކޮލަޝިޕްއަށް މިދެ
ކުޅުންތެރިން ފުރިކަމުގައި ވީނަމަވެސް މިއަންނަ މަހުގައި އޮންނަ ގައުމީ މުބާރާތަށް
މިދެ ކުޅުންތެރިން މާލެ އަންނާނެކަމަށްވެސް ގައުމީ ޓީމްގެ މެނޭޖާރ އިޝްފާންބުނިއެވެ.



" މިދެ ކުޅުންތެރިންނަކީވެސް މިހަރު ރައްޖޭގައި ތިބި އެންމެ މޮޅު ދެ ކުޅުންތެރިން، އަފްނާންވަނީ މީގެ ކުރިން އިންޑޮނޭޝިޔާއާ މެލޭޝިޔާގައި ގިނަ ދުވަސްތަކެއް ވަންދެން ފަރިތަކުރުންތަށް ކުރިއަށް ގެންގޮސްފަ، އަދި މިހާ ޅައުމުރުގައި ޝަހުރުނާޒްއަށް މިފަދަ ފުރުސަތެއް ލިބުމުން އެއީ ޝަހުރުނާޒްގެ ކެރިއާއަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް ފާހަގަކުރެވޭ"

އަންފާންއާ ޝަހުރުނާޒްބުނީ
މިއީ ކެރިއަރުގައި ކުރިއަށްދިއުމަށް ލިބުނު ވަރަށް ރަނގަޅު ފުރުސަތެއްކަމަށާ
ހާއްސަކޮށް ގައުމީ މުބާރާތާ މިއަންނަ އަހަރު އޮންނަ ސައުތު އޭޝިއަން ގޭމްސްގެ
ކުރިން މިފަދަ ރަނގަޅު ތަމްރީންތަކެއް ލިބުމުން ރަނގަޅު ކާމިޔާބީއެއް ލިބޭނެކަމަށް
އުއްމީދުކުރާކަމަށެވެ.



" މިއީ ވަރަށް ރަނގަޅު ފުރުސަތެއް ކެރިއަރުގައި ކުރިއަށްދިއުމަށް ލިބުނު، ހާއްސަކޮށް ގައުމީ މުބާރާތް ކުރިމަތީގައި އޮއްވާ މުޅިން ތަފާތު ޓްރެއިނިންއެއް ލިބުމުން ވަރަށް ހިންހަމަޖެހޭ. މިޓްރެއިނިންގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފިއްޖެނަމަ، މިހާރަށް ވުރެއް ރަގަނޅު ނަތީޖާއެއް ނެރެވޭނެކަން ޔަގީން"

މޯލްޑިވްސް އޮލިމްޕިލްކް ކޮމިޓީއިން އަންނަނީ ސައުތް އޭޝިއަން ގޭމްސްއަށް ތައްޔާރުވާ އެތްލީޓުންނަށް ފުރުސަތުތައް ހޯދަދެމުންނެވެ.