ޚަބަރު

އެމްޓީސީސީއަށް ތިންވަނަ ކުއާރޓާގައި 28 މިލިއަން ރުފިޔާ


މިއަހަރުގެ ތިންވަނަ ކުއަރޓާރގައި އެމްޓީސީސީއަށް ސާފު
ފައިދާގެ ގޮތުގައި 28 މިލިއަން ރުފިޔާ ލިބިއްޖެއެވެ. 



އެމްޓީސީސީން އާއްމުކޮށްފައިވާ މިއަހަރުގެ ތިންވަނަ
ކުއަރޓާރގެ މާލީ ހިސާބްތައް ދައްކާގޮތުން ތިންވަނަ ކުއާޓަރގައި ސާފު ފައިދާގެ
ގޮތުގައި ލިބިފައިވާ އަދަދަކީ މި މި އަހަރުގެ ދެވަނަ ކުއަރޓަރގައި ސާފު ފައިދާގެ
ގޮތުގައި ލިބުނު އަދަދާ އަޅާބަލާއިރު %37 ދަށް އަދަދެކެވެ. 

މިއަހަރުގެ ދެވަނަ
ކުއަރޓާރގައި އެމްޓީޓީސީސީއަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 45 މިލިއަން ރުފިޔާއެވެ. 



މިއަހަރުގެ ތިންވަނަ ކުއަރޓާގައި ހިންގުމުގެ ފައިދާގެ
ގޮތުގައި އެމްޓީސީސީއަށް ލިބިފައިވަނީ 38 މިލިއަން ރުފިޔާއެވެ. މި އަދަދަކީވެސް މި އަހަރުގެ ދެވަނަ ކުއަރޓާރގައި
ހިންގުމުގެ ފައިދާގެ ގޮތުގައި ލިބިފައިވާ 58 މިލިއަން ރުފިޔާއާއި އަޅާ ބަލާއިރު %34
ދަށް އަދަދެކެވެ.