އައްޑު އަތޮޅު ހުޅުމީދޫގައި ޤާއިމްކުރާ
މަސްފެކްޓްރީގެ ފުރަތަމަ ފިޔަވަހީގެ ދަށުން އެތަނުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ މަސް ގަނެ ފިނި ކުރާ ކާރުޙާނާއެއް ކަމަށް މިފްކޯގެ ސީއީއޯ އަދްލީ އިސްމާއިލް
ވިދާޅުވެއްޖެއެވެ.
އަދްލީ އިސްމާއިލް ވިދާޅުވީ މަސް ގަނެ
ފިނި ކުރާ ކާރުޙާނާ އިމާރާތްކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި
އެތަނުގެ މަސައްކަތް އަންނަ އަހަރުގެ ޖުލައި ނުވަތަ އޮގަސްޓް މަސްތެރޭ ނިމޭނެ
ކަމަށެވެ.
އައްޑޫ މަސް ފެކްޓްރީ ތަރައްޤީކުރުމުގެ ދެވަނަ
ފިޔަވަހީގެ ދަށުން އެތަނުގައި މަސް ބަންދު ކުރުމުގެ މަސައްކަތް ފެށިގެންދާނެ
ކަމަށާއި އެ މަސައްކަތް ފެށިގެންދާނެ ކަމަށް ލަފާ ކުރެވެނީ 2017 ވަނަ އަހަރުގެ
ފަހުކޮޅު ކަމަށް އަދްލީ ވިދާޅުވިއެވެ.
އަދި އައްޑޫ މަސް ފެކްޓްރީގައި މަސް
ބަންދުކުރުމަށް ވިސްނަނީ ޕައުޖްގައި ކަމަށާއި އެކަމާއި ގުޅޭ ދިރާސާތައް
ކުރެވެމުންދާ ކަމަށްވެސް އަދްލީ ވިދާޅުވިއެވެ.