ޚަބަރު

ސިވިލް ސާރވިސް ޤަވާއިދަށް ގެނައި އިސްލާހު ޤާނޫނާ ޚިލާފު


ސިވިލް
ސާރވިސް މުވައްޒަފުން ސަލާމް ބުނާ ދުވަސްތަކަށް ސާރވިސް އެލަވަންސުން ފައިސާ
ކެނޑޭގޮތަށް ސިވިލް ސާރވިސް ގަވާއިދަށް ގެނައި އިސްލާހަކީ ގާނޫނާ ހިލާފު މާއްދާއެއްކަމަށް
ކަނޑައަޅައި އެ މައްދާ ހައިކޯޓުން މިއަދު ބާތިލްކޮށްފިއެވެ. 



ހައިކޯޓުން މިގޮތަށް ނިންމާފައިވަނީ ސަލާމް ބުނުމުން މުސާރަ އުނިކުރެވޭނެކަމަށް ކަނޑައަޅަދިނުމަށް އެދި ސިވިލް ސިވިލް ސާރވިސް ކޮމިޝަނުން ހައިކޯޓަށް ހުށައެޅި މައްސަލާގައެވެ. 



ހައިކޯޓުން މިއަދު އިއްވި ހުކުމްގައި
ބުނެފައިވަނީ ސަލާމް ބުނުމުން އެލަވަންސުން ފައިސާ ކެނޑޭނެކަމަށް ބުނެ ސިވިލް
ސާރވިސްގެ ޤަވާއިދުގައި ހިމަނާފައިވާ މާއްދާއަކީ ވަޒީފާއާ ބެހޭ ގާނޫނާއި ހިލާފް
މައްދާއެއްކަމަށެވެ. 



މުވައްޒަފަކު ބަލިވެގެން ސަލާމް
ބުނުމުގެ ހައްގަކީ ވަޒީފާއާއި ބެހޭ ގާނޫނުން ކޮންމެ މުވައްޒަފަކަށްވެސް ލިބިގެންވާ
ހައްގަކަށްވާއިރު ސަލާމް ބުނުމުން ސާރވިސް އެލަވަންސުން ފައިސާ އުނިކުރުމަކީ
ވަޒީފާއާއި ބެހޭ ގާނޫނުން މުވައްޒަފުންނަށް ލިބި އޮތް މަންފާއަކުން
މަހްރޫމް ކުރުންކަމުގައި ނޫނީ ނުބެލެވޭނެކަމަށް ހައިކޯޓްގެ ހުކުމްގައިވެއެވެ. 

އަދި
މުވައްޒަފު ބަލިވެގެން ސަލާމް  ބުނާ
ދުވަސްތަކަށް މުސާރައިން ކެނޑުމެއްނެތި ވަޒީފާއަށް ނުކުންނަ ދުވަހަކޭ އެއްފަދައިން
އުޖޫރަދެމުން ގެންދާކަމީ އެހެން ޑިމޮކެރެޓިކް ވެށިތަކުގައިވެސް އަމަލުކުރަމުން
އަންނަ އުސޫލްކަން ހައިކޯޓްގެ ހުކުމްގައި ފާހަގަކޮށްފައިވެއެވެ.



ސަލާމް ބުނެގެން މުސާރަ އުނިނުކުރެވޭނެކަމަށް ބުނެ އަމިއްލަ ފަރާތަކުން މި މައްސަލަ ފުރަތަމަ ހުށައެޅި ވަޒީފާއާއި ބެހޭ ޓްރައިބިއުނަލަށެވެ. އެތަނުންވެސް ނިންމާފައިވަނީ ސަލާމް ބުނެގެން ފައިސާ އުނިނުކުރެވޭނެކަމަށެވެ. އެ ނިންމުމާއި ހިތްހަމަ ނުޖެހިގެން މި މައްސަލަ ހައިކޯޓަށް ހުށައެޅީ ސިވިލް ސާރވިސް ކޮމިޝަންގެ ފަރާތުންނެވެ.