ޒޯޔާ އަހްތަރުގެ އެންމެ ފަހުން ޑައިރެކްޓްކޮށް 2019 ވަނަ އަހަރު ރިލީޒްކުރު މިޔުޒިކަލް ޑްރާމާ ފިލްމު "ގަލީ ބޯއީ" ވަނީ އެންމެ މޮޅު އިންޓަރނޭޝަނަލް ފީޗަރ ފިލްމުގެ މަޤާމް ހޯދާފައެވެ. މި ފިލްމުގައި ރަންވިޜު ސިންހާއި އަލިއާ ބަޓްގެ އިތުރުން ދެން ލީޑުން ފެނިގެންދިޔަީ ސިދާތް ޗައުދަރީއެވެ. ރަންވީރާއި އަލީއާއި އެއްވަރަށް ސިދާތަށްވެސް މި ފިލްމުން ގިނަ ބައެއްގެ ލޯބި ލިބިގެން ދިޔައެވެ.
އަނެއްކާވެސް މި ވަނީ ޒޯޔާގެ ފިލްމެއް ނުކުންނަން ތައްޔާރުވުމުގެ ވާހަކަތައް އަޑުއިވެން ފަށާފައެވެ. ޒޯޔާގެ ދެން އެންމެ އަވަހަށް ފެންނާނެ ފިލްމުގެ ލީޑްރޯލުން ފެންނާނީ "ސްޓޫޑަންޓް އޮފް ދަ ޔިއަރ 2" ގެ ތަރި އަނަންނިޔާ ޕަންޑޭއާއި ސިދާތްގެ އިތުރުން ވައިޓް ޓައިގަރ ގެ ތަރި އާދާޝް ގޯރަވް އެވެ.
ޑެބިއު ޑިރެކްޓަރ އަރުޖުން ޑައިރެކްޓްކުރާ މި ފިލްމަކީ ކޮންކަހަލަ ފިލްމެއްކަން ޕްރޮޑަކްޝަން ޓީމަކުން ހާމައެއް ނުކުރެއެވެ. އެހެންނަމަވެސް މި ތިން ތަރިންވެސް މި ފިލްމު ކުޅެން ވަނީ ސޮއިކޮށް ނިންމާފައެވެ.
ފިލްމު ރިލީޒްކުރުން މިއަހަރަށް ތާވަލް ކުރަން ނިންމާފައި އޮތަސް އިންޑިއާގައި ހަލުއިކަމާއެކު ފެތުރެމުންދާ ކޯވިޑްގެ ބަލިމަޑުކަމުގެ ޙާލަތަށް ބެލުމަށްފަހު ނޫނީ ސީދާ ތާރީހް ކަނޑަނާޅާނެކަމަށްވެސް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނެއެވެ.
މިއީ ޒޯޔާ އާއެކު ސިދާތް މަސައްކަތް ކުރާ ދެވަނަ ފަހަރެވެ. މީގެ ކުރިން ސިދާންތް ވަނީ ޒޯޔާގެ 'ގަލީ ބޯއީ' ގައި މަސައްކަތް ކޮށްފައެވެ.
މީގެ އިތުރުން ދިޕިކާ ޕަޑްކޯން ލީޑް ރޯލުން ފެނިގެންދާ "ޝަކުން ބަތުރާ"ގެ ފިލްމުގައި ސިދާންތް އާއި އަނަންނިޔާ އަންނަނީ މަސައްކަތް ކުރަމުންނެވެ. ޑްރާމާ ފިލްމު "ވައިޓް ޓައިގަރ" ގެ ތަރި އާދާޝް އަށްވެސްވަނީ ފިލްމުގައި ދެއްކި މޮޅު އެކްޓުން ބެލުންތެރިންގެ ތަރުޙީބު ލިބިފައެވެ.
ސިދާތްގެ ކުރިއަށްހުރި ފިލްމުތަކުގެ ތެރޭގައި ވަރުން ވީ ވަރުމާ ޑައިރެކްޓްކުރާ ކްރައިމް ކޮމެޑީ ފިލްމު "ބަންޓީ އޯރް ބަބްލީ 2" އަދި ގުރުމީތް ސިންގ ޑައިރެކްޓް ކުރާ ފިލްމު "ފޯން ބޫތު" ހިމެނެއެވެ. ޕޫރީ ޖަގްނާންދު ޑައިރެކްޓްކުރާ ރޮމޭންޓިކް ސްޕޯރޓްސް އެކްޝަން ފިލްމު "ލައިގަރ' އަކީ އަނަންނިޔާގެ ކުރިއަށް އޮތް ފިލްމެވެ.