ޚާރިޖީ ވަޒީރު ދުންޔާ މައުމޫން އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރާއި ބައްދަލުކުރައްވާ މަޝްވަރާ ކުރައްވައިފިއެވެ.މި ބައްދަލުކުރެއްވުމުގައި އިންޑިޔާ އާއި ދިވެހި ރާއްޖެއާއި ދެމެދު އޮންނަ ދޭދޭ ގުޅުންތައް ވަރުގަދަ ކުރުމާއި ބެހޭގޮތުން ވަރަށް ކާމިޔާބު މަޝްވަރާތަކެއް ކުރެވުނު ކަމަށް ދިވެހި ޚާރިޖިއްޔާއިން މަޢުލޫމާތު ދެއްވައެވެ. ދެ ދުވަހުގެ މުއްދަތަށް ޚާރިޖީ ވަޒީރު ނިއުދިއްލީއަށް ކުރައްވާ މިދަތުރުފުޅުގެ ބޭނުމަކީ އިންޑިޔާ އާއި ރާއްޖެއާއި ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަކުރުން ކަމަށް ދިވެހި ޚާރިޖިއްޔާއިން ހާމަކުރައްވައެވެ.