ކުޅިވަރު

ދަގަނޑޭ އެނބުރި ޤައުމީ ޓީމާ ގުޅުން


އަޝްފާގު އެނބުރި ޓީމާއި ގުޅުމަކީ ކުޅުންތެރިންގެ ރޫހު އިތުރަށް ވަރުގަދަވާނެކަމެއްކަމަށް ޤައުމީ ޓީމުގެ އެސިސްޓަންޓް ކޯޗު ޢަލީ ސުޒޭން ބުނެފިއެވެ.

ޤައުމީ ޓީމަސް ކުރިއަށް އޮތީ ވަރލްޑް ކަޕް އަދި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގައި ޗައިނާއާއި ދެކޮޅަށް މާދަމާ ދިވެހި ޓީމު ކުޅޭނެއެވެ. ކޮލިފައިން ފަހު މެޗުގައި ފިލިޕީންސްއާއި ދެކޮޅަށް ނިކުންނާނީ ޖޫން 15ގައެވެ. މިމަހުގެ ހަތަރުވަނަ ދުވަހު ސީރިއާ ދެކޮޅަށް ދިވެހި ޓީމް ކުޅުމުގެ ކުރިން ޓީމްގެ ދެ ކުޅުންތެރިއަކު ޕޮޒިޓިވްވެވަނީ ޓީމާއި ވަކިވެފައެވެ. އެހެންނަމަވެސް އޭގެ ފަހުން ކަރަންޓިން މުއްދަތު ހަމަކޮށް ޢަލީ އަޝްފާގްއާއި ޢަލީ ޝާމިސް މިހާރުވަނީ ޓީމާއި ގުޅިފައެވެ.

ޤައުމީ ޓީމްގެ އެސިސްޓަންޓް ކޯޗު އަލީ ސުޒޭން ބުނީ އަޝްފާގް އަދި އަލީ އަޝްފާގު ޓީމާއި ގުޅުމަކީ ކުރިއަށް އޮތް ދެ މެޗުގައި ރަނގަޅު ނަތީޖާއެއް ނެރެން ބަލާއިރު ހުރިހާ ކުޅުންތެރިންގެ ރޫހު އިތުރަށް ވަރުގަދަވެ ކުޅުންތެރިންގެ ގުޅުން ބަދަހިވެގެންދާނެކަމެއްކަމަށެވެ. އަދި މިއީ ކޯޗިން ސްޓާފުންނާއި ކުޅުންތެރިންނަށް ނަފްސާނީ ގޮތުންވެސް ވަރުގަދަވާނެކަމެއްކަމަށެވެ.

އެ ދެ ކުޅުންތެރިންނާއި ނުލައި ޓީމުން މިދިޔަ 14 ވަނަރަކަށް ދުވަހު އުޅެން ޖެހުމަކީ އޮފިޝަލުންނާއި ކުޅުންތެރިންނަށްވެސް އަސަރުކުރިކަމެއްކަމަށެވެ. އެންމެން އެންމެންނާއި އެހާ ގާތް ގުޅުމެއް އޮންނައިރު، އެގޮތަށް އެކަހެރިވެ ތިބެން ޖެހުމުން ޓީމަށް ނުސީދާގޮތެއްގައި ކޮންމެވެސް ވަރެއްގެ އަސަރެއްކުރިކަމަށް އޭނާ ބުންޏެވެ.

އެހެންނަމަވެސް މިހާރު ޓީމްގެ ފުލް ސްޓްރެންތްގައި ޕްރެކްޓިސްކޮށް ކުރިއަށް އޮތް ދެ މެޗުގައި ރަނގަޅު ނަތީޖާއަކަށް އުއްމީދުކުރެވޭކަމަށް ވެސް އޭނާ ބުންޏެވެ.

"މީގަ ޔަގީނުންވެސް މި ދެ ކުޅުންތެރިން ގުޅުމަކީ ހުރިހާ ގޮތަކުންވެސް ޓީމްގެ ރޫހު ރަނގަޅުވާނެކަމެއް. ޚާއްސަކޮށް އަޝްފާގު ޓީމާއި ގުޅުން. މި ދެ ކުޅުންތެރިންނަށް ޗައިނާ މެޗުގައި ނުކުޅެވޭނެ. އެހެންނަމަވެސް ފިލިޕީންސް މެޗަށް ތައްޔާރުވާއިރު މިއީ ވަރަށް ބޮޑު އިތުބާރަކަށްވާނެ" ސުޒެއިން ބުންޏެވެ.