ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޔުކްރެއިންއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވާން ދަނިކޮށް މެޗް ކާމިޔާބުކުރެވުނީ ހިތްވަރު ދޫކޮށްނުލައި ދެއްކި މޮޅު ކުޅުމުގެ ސަބަބުން ކަމަށް ނެދަލޭންޑްސްގެ ކޯޗު ފްރޭންކް ޑި ބޮއީ ބުނެފިއެވެ. ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރޭ ޔޫކްރެެއިން 3-2 އިން ބަލިކޮށް ނެދަލެންޑްސް ވަނީ މުބާރާތުގެ ފެށުން ރަގަނޅުކޮށްފައެވެ. އަމިއްލަ ދަނޑު، ޔޯހަން ކްރައިފް ސްޓޭޑިއަމްގައި ރޭ ނެދަލެންޑްސް ކުޅުނު މެޗްގައި ނެދަލޭންޑްސްގެ ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ޖިނީ ވައިނަލްޑަމް އާއި ވޫޓް ވޭހޯސްޓް. މެޗްގައި ޔޫކްރެެއިންގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ކެޕްޓަން އެންޑީ ޔާމޮލަންކޯ އާއި ރޯމަން ޔަރެމްޗުކްއެވެ. މެޗްއިން ނެދަލޭންޑްސް މޮޅުކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ ޑެންޒެލް ޑަމްފްރީސްއެވެ.
މެޗަށްފަހު ވާހަދައްކަމުން ނެދަލޭންޑް ކޯޗު ބުނީ މެޗަށް ނުކުތީވެސް ޔުކްރޭންއަކީ ވަރުގަދަ ޓީމެއްކަން ދެނެ ހުރެކަމަށާއި މެޗުގައި ބޮޑު ޕްރެޝަރެއް ޔުކްރޭންގެ ފަރާތުން ކުރިމަތިވި ކަމަށެވެ. އެޓީމުން ފުރުސަތުތައް ހޯދާ އެފުރުސަތު ތަކުގެ ބޭނުންކޮށް އޭނާގެ ކުޅުންތެރިންނަށް ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ސިހުން ގެނުވިކަމަށް ދި ބޮއީ ބުންޏެވެ.
މެޗަށްފަހު ވާހަދައްކަމުން ޔުކްރޭންގެ ކޯޗު އަންދްރޭ ޝެވްޝެންކޯ ބުނީ މިއީ ބަލާހިތްވާ ރީތި އަވަސް ކުޅުމެއް ދެ ޓީމުގެ ފަރާތުން ވެސް ފެނުނު މެޗެއްކަމަށެވެ އޭނާ ބުނީ 2-0 ލަނޑުގެ ލީޑަކުން ބަލިވެފައި އޮއްވައި އޭނާގެ ކުޅުންތެރިން ނަތިޖާ އެއްވަރުކުރަން ކުރި މަސައްކަތަކީ ހިއްވަރުގަދަ މަސައްކަތެއް ކަމަށާއި އެކަމައްޓަކައި ކުޅުންތެރިންނަށް ޝުކުރުއަދާ ކުރާކަމަށެވެ. ނަތީޖާ އެއްވަރު ކުރުމާއެކު ކުރިން ކުރި ހިތްވަރު ނުލެވުމުން މެޗު އަތުން ދޫވީކަމަށް ކުރިން ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޝެވްޝެންކޯ ބުނެޏެވެ. މިއީ 2008 ވަނަ އަހަރު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފަހުން ނެދެލޭންޑް ޔޫރޯގައި ކުޅުނު ފުރަތަމަ މެޗެވެ.