ވިޔަފާރި

ތިލަފުށި ވިޔަފާރި ބަނދަރު ހެދުމަށް ފިލިޕީންސް ކުންފުންޏެއް


މާލޭގެ ވިޔަފާރި
ބަނދަރުގެ ބަދަލުގައި ތިލަފުށީގައި ހަދާ ވިޔަފާރި ބަނދަރު ހެދުމަށް އެންމެ ރަނގަޅު
ޕްރޮޕޯޒަލެއް ހުށަހަޅާފައިވަނީ، ފިލިޕީންސްގެ ކުންފުންޏަކުން ކަމަށް ސަރުކާރުން
ހާމަކުރައްވައިފިއެވެ. 



ތިލަފުށީގައި
ވިޔަފާރި ބަނަދަރު ހެދުމަށް މި އަހަރުގެ މާރޗް މަހުގެ ތެރޭގައި ޑީޕީ ވޯލްޑާއެކު ސޮއިކުރި
އެމްއޯޔޫ އުވިފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ، ސަރުކާރުން
ބޭނުންފުޅުވަނީ މާލެ ސަރަޙައްދެކޭ އެއްގޮތައް އެހެން ސަރަޙައްދުތައްވެސް ތަރައްޤީ
ވުމަށް ކަމަށެވެ. 

އެހެންކަމުން ޑީޕީ ވޯލްޑާއެކު ސަރުކާރުން ބޭނުންވާފަދަ
މަޝްވަރާތަކަކަށް ނާދެވުމުން އެ އެމްއޯޔޫ އިތުރަށް ކުރިއަށް ނުގެންދެވުމަށް
ސަރުކާރުން ނިންމީކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 



ތިލަފުށީ ވިޔަފާރި
ބަނދަރު ހެދުމަށް ޕްރޮޕޯޒަލް ހުށަހަޅާފައިވަނީ ތިން ފަރާތަކުންނެވެ.