މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކުގެ އަސަރު
މަދުކުރުމަށް ތަރައްޤީވަމުން އަންނަ ޤައުމުތަކަށް އެކަށީގެންވާ މަސައްކަތްތައް
ކުރެވޭނީ އެޤައުމުތަކަށް ކުރިއެރުމުގެ ފުރުޞަތު ލިބިގެން ކަމަށް އިންޑިއާގެ ބޮޑު
ވަޒީރު ނަރަންދުރަ މޯދީ ވިދާޅުވެއްޖެއެވެ.
ފަރަންސޭސިވިލާތުގެ ޕެރިހުގައި އިއްޔެ ފެށި އދ.ގެ،
މޫސުމާބެހޭ ސަމިޓް ކޮޕް-ޓުވެންޓީ ވަން ސަމިޓްގެ ހަވާސާގައި ބޭއްވި ޚާއްޞަ
ފޯރަމެއްގައި ވާހަކަ ދައްކަވަމުން މޯދީ ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކާ
ދެކޮޅަށް ކުރާ މަސައްކަތުގައި ދިރާސާތައް ކުރުމާއި ޒާމާނީ އުފެއްދުންތައް ބޭނުންކުރުމަކީ
މުހިއްމު ކަމެއް ކަމަށާއި އައު އިޖާދުތަކާއެކު ހެޔޮ އަގުގައި އިޔާދަކުރަނިވި ހަކަތަ އުފެއްދުމުގެ
މަގު ފަހިވެގެންދާންޖެހޭ ކަމަށެވެ.
އަދި ތަރައްޤީވަމުން އަންނަ ޤައުމުން ދުނިޔޭގެ ތަރައްޤީވަމުން އަންނަ ބައެއް ޤައުމުތަކާއި
ކުދި ޖަޒީރާ ބައެއް ޤައުމުތަކުގައި ޢިޔާދަކުރަނިވި ހަކަތަ އުފެއްދުމުގެ އެކި
މަޝްރޫޢުތައް ހިންގަމުންދާ ކަމަށްވެސް މޯދީ ވިދާޅުވިއެވެ.