ޚަބަރު

ޑިފެންސް މިނިސްޓަރގެ އަރިހަށް ޗައިނާގެ ސަފީރު ޒިޔާރަތް ކުރެއްވުން


މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް ޢުމަރު އަރިހަށް، ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޗައިނާގެ ސަފީރް ވާންގ ފޫކަންގް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑިފެންސް މިނިސްޓަރ އަރިހަށް ކުރެއްވި މި އިހުތިރާމުގެ ޒިޔާރަތުގައި ދެޤައުމުގެ އަސްކަރީ ގުޅުން އިތުރަށް ބަދަހި ކުރުމާއި ބެހޭގޮތުން މަޝްވަރާކުރައްވައި، އަދި ދެޤައުމުގެ މެދުގައި އޮތް ޒަމާންވީ އެކުވެރިކަމާއި ގުޅޭގޮތުން ވަނީ ވާހަކަފުޅުދައްކަވާފައެވެ.ޑިފެންސް މިނިސްޓްރީގައި ބޭއްވި މިބައްދަލުކުރެއްވުމުގައި ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޒުހައިރާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙުމަދު ޝާހިދް ބައިވެރިވެވަޑައިގެންނެވިއެވެ.