ޚަބަރު

ހައިކޯޓުގެ ދެކުނު ގޮފީގެ ފަނޑިޔާރުން އައްޑޫ ސިޓީއަށް ވަޑައިގެންފި


ހައިކޯޓްގެ ދެކުނު ގޮފީގެ މަސައްކަތް ފެއްޓެވުމަށް އެ ގޮތްޕަށް ކަނޑައަޅާފައިވާ ތިން ފަނޑިޔާރުން އައްޑޫ ސިޓީއަށް ވަޑައިގެންފިއެވެ.ކޯޓްތަކާބެހޭ ޤާނޫނުގެ ދަށުން އެކުލަވާލެއްވި ހައިކޯޓްގެ ދެކުނު ގޮފީގައި ތިއްބަވާ ތިން ފަނޑިޔާރުންނަކީ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދާއި ފަނޑިޔާރު ޑރ އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު ޝުޢައިބް ޙުސައިން ޒަކަރިއްޔާއެވެ.ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވިދާޅުވީ ހައިކޯޓްގެ ދެކުނު ގޮފި ހިނގަމުންދާނީ އައްޑޫ ސިޓީ ހުޅުމީދޫގައި ހުންނަ އެސްޓިއޯ އޮފީހުގެ ފުރަތަމަ ފަންގިފިލާގައިކަމަށެވެ. އަދި މި ތަނުގެ އިދާރީ އިންތިޒާމްތައް ހަމަޖެހިފައިވާކަމަށާއި ރެޖިސްޓްރާ އާއި ކޯޓް އޮފިސަރ  ފިޔަވާ ހުރިހާ މަޤާމަކަށް މުވަޒަފުން ހަމަޖެހިފައިވާ ކަމަށްވެސް ޖުޑިޝަރީން ހާމަކުރެއްވިއެވެ.