ޚަބަރު

ނާޒިމް މައްސަލައިގެ އިސްތިއުނާފް އަޑު އެހުމެއް މާދަމާ


ކުރީގެ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމް އެގާރަ
އަހަރަށް ޖަލަށްލި މައްސަލައިގެ އިސްތިއުނާފް އަޑުއެހުންތައް މެދުކެނޑިފައި
އޮންނަތާ ދުވަސްތަކަކަށް ފަހު މާދަމާ ބާއްވަން ހައިކޯޓުން ތާވަލްކޮށްފިއެވެ.  



ނާޒިމްގެ ފަރާތުން އިސްތިއުނާފްކުރި މައްސަލައިގެ
އަޑުއެހުމެއް އެންމެ ފަހުން ބާއްވާފައިވަނީ މިއަހަރުގެ ޖޫންމަހުގެ ތެރޭގައެވެ.
އޭގެ ފަހުން ނިމިދިޔަ ހަފްތާގައި މި މައްސަލައިގެ އަޑުއެހުމެއް ތާވަލްކުރުމަށްފަހު
ކެންސަލްކޮށްފައިވެއެވެ.



ނާޒިމްގެ އިސްތިއުނާފް 
މައްސަލައިގެ އަޑުއެހުންތައް ހުއްޓުމަކަށް އައީ އެ މައްސަލަ ބައްލަވަމުން
ދިޔަ ބެންޗްގައި ހިމެނިވަޑައިގެންނެވި އެއް ފަނޑިޔާރަކު ހައިކޯޓްގެ ދެކުނު ގޮތްޕަށް ބައްދަލު ކުރެއްވުމުންނެވެ.



މި މައްސަލައިގެ އަޑުއެހުމެއް ހައިކޯޓުން މި ބާއްވަނީ އާއްމުކޮށް
ކޮންމެ ޑިސެމްބަރު މަހު ކޯޓްތަކުން ރިސެސްއަށް ދާ ދިޔުން ވަގުތީ ގޮތުން މެދުކަނޑާލަން ސުޕްރީމްމޯޓުން އަމުރުނެރެފައިވާ
ދަނޑިވަޅެއްގައެވެ.