ދިވެހި ލިވަޕޫލް ސަޕޯޓަރުންގެ ކުލަބުން އަގުބޮޑު ފެންޓަސީ ޕްރިމިއަރ ލީގެއް ތަޢާރަފްކޮށްފިއެވެ. ރާއްޖޭގެ ލިވަޕޫލް ސަޕޯޓަރުންގެ ކުލަބާއި ކޭބަލް ޝޮޕް ގުޅިގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ ފެންޓަސީ ޕްރިމިއަރ ލީގުގެ ގަވާއިދު އޯއެލްއެސްސީގެ ޕޭޖުން ލިބެން ހުންނާނެއެވެ.
ދިވެހިންގެ މެދުގައި ޕްރިމިއަރ ލީގްއަކީ ވަރަށް މަޝްހޫރު ލީގެކެވެ. ދިވެހި ލިވަޕޫލް ސަޕޯޓަރުންގެ ކުލަބުގެ އިތުރުންވެސް ރާއްޖޭގެ ބައެއް ފަރާތްތަކުން ފެންޓަސީ ޕްރިމިއަރ ލީގު ކުރިއަށްގެދެއެވެ. ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ އަގުބޮޑު ފެންޓަސީ ޕްރިމިއަރ ލީގެއްގެ ތެރެއިން ހިމެނޭ މި ލީގްގެ އެއްވަނަ އަށްދާ ފަރާތްތަކަށް 50،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާއިރު، 2ވަނައަށް ދާ ފަރާތްތަކަސް 25،000 ރުފިޔާ އަދި 3ވަނަ އަށް ދާ ފަރާތަކަަށް 12،500 ރުފިޔާ ދިނުމަށްވަނީ ހަމަޖެހިފައެވެ. އަދި ކޮންމެ މަހަކު އެއްވަނައަށް ދާ ފަރާތަކަށް 1،250 ރުފިޔާ ދިނުމަށްވަނީ ހަމަޖެހިފައެވެ.
ދިވެހި ލިވަޕޫލް ސަޕޯޓަރުންގެ ކުލަބްއިން އިންތިޒާމްކޮށްގެން ކުރިއަށްފެންދާ ފެންޓަސީ ޕްރިމިއަރ ލީގްގައި ބައިވެރިވުމަށް އެއްވެސް ފީއެއް ދައްކާކަށް ނުޖެހެވެ. މި ލީގްގެ އިތުރުން ދިވެހި ލިވަޕޫލް ސަޕޯޓަރުންގެ ކުލަބްގެ މެންބަރުންނަށް ހާއްސަކޮށްގެން މެޗްތަކުގެ ސްކޯ ދިމާކުރުމުގެ މުބާރާތެއްވެސް ކުރިއަށްގެންދިއުމަށްވަނީ ހަމަޖެހިފައެވެ. މިފަހަރުގެ މުބާރާތް ކުރިއަށްގެންދާނީ ރާއްޖޭގެ ޑިވޮލޮޕަރުންތަކެއް އުފައްދާފައިވާ ގޯލްއާރ އެފް އާއި ގުޅިގެންނެވެ. ކޮންމެ މެޗްއެއްގެވެސް ރަނގަޅު ނަތީޖާ ދީމާކޮށްގެން ހޮވޭ ނަސީބުވެރިއަކަށް ޕިއްޒާ ބޯނާއިން ޕިއްޒާއެއް ލިބޭނެކަމަށް އޯއެލްސްސީއިން މަޢުލޫމާތު ދިނެވެ. އަދި މުޅި ސީޒަންގައި އެންމެ ގިނަ ނަތީޖާ ދިމާކޮށްގެން، އެންމެ ގިނަ ޕޮއިންޓް ހޯދާ ފަރާތްތަކަށްވެސް އިނާމްއެއް ދޭގޮތަށްވަނީ ހަމަޖެހިފައެވެ.
ދިވެހި ލިވަޕޫލް ސަޕޯޓަރުންގެ ކުލަބްއިން މީގެކުރިންވެސްވަނީ ލިވަޕޫލް ޕްރޮމޯޓް ކުރުމަށް ތަފާތު އެކި ހަރަކާތްތަށް ހިންގާފައެވެ. އެގޮތުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގައިވަނީ ލިވަޕޫލްއަށް ކުޅެފައިވާ ޑެނިއަލް އެގަރ ރާއްޖެ ގެނެސް ސްޕޯޓަރުންނާއި ބައްދަލުކުރުމުގެ ފުރުސަތު ފަހިކޮށްދީފައެވެ.