ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ލޯގޯ ފަރުމާ ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ ލީގްގެ ލޯގޯ ފަރުމާކުރުމަށް ހުލުވާލާފައިވާއިރު، އެއްވަނައަށް ދާ ފަރާތްތަކަށްވަނީ އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައެވެ. އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް މިފުރުސަތު އެފްއޭއެމްއިން ހުޅުވާލާފައިވަނީ އެފްއޭއެމްގެ ފޭސްބުކް މެދުވެރިކޮށް ކޮށްފައިވާ ޕޯސްޓްއެއްގައެވެ. އަދި މިފުރުސަތުގެ ބޭނުން ހިފުމަށްވެސްވަނީ އެޖަމިއްޔާއިން އެދިފަައެވެ.
އެފްއޭއެމްއިން އާންމުންނަށް އަލަށް ހުޅުވާލި މިފުރުސަތުގެ ސަބަބުންވެސް އާންމު ރައްޔިތުންގެ ތެރޭގައި ފުޓްބޯޅައިގެ ފޯރި ހިފުމުގެ އިތުރުން، ލޯގޯ ފަރުމާކޮށް އެމަސައްކަތް ކުރާ ފަރާތްތަކަށްވެސް ފުޓްބޯޅައާއި ގުޅުން ހުރި މަސައްކަތްކެއްގެ ތެރެއިން، ފުޓްބޯޅައިގެ ފޯރި ގެނެވިދާނެކަމަށް އެފްއޭއެމްއިން ގަބޫލް ކުރެއެވެ.
މިލޯގޯ ފަރުމާކޮށް އެއް ވަނަ އަށް ދާ ފަރާތަކާ އެކު އެފްއޭއެމުން ހާއްސަ އެގްރީމެންޓެއް ހަަދައި ލޯގޯގެ ކޮޕީރައިޓްސް އެފްއޭއެމަށް ދޭ ގޮތަށް ކޮންޓްރެކްޓެއްގައި ސޮއިކުރާނެއެވެ.
އެފްއޭއެމްއިންދަނީ ވީހާވެސް ގިނަ ބަޔަކު އެފްއޭއެމްގެ އެކިއެކި މަސައްކަތުގައި ޝާމިލް ކުރަމުންނެވެ. އަދި ވީހާވެސް ބޮޑަކަށް އާންމު ރައްޔިތުންނާއި ކައިރިން މަސައްކަތް ކުރުމަށް އެފްއޭއެމްއިން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި ފުޓްބޯޅައިގެ ފޯރި އިތުރު ކުރުމަށްވެސް އެފްއޭއެމްއިން ގިނަ މަސައްކަތްތަކެއް ކުރާކަންވަނީ ފާހަގަވެފައެވެ.