ޚަބަރު

ބެންގަލޫރު ބަލިކޮށް ފުރަތަމަ 3 ޕޮއިންޓް މޯހަން ބަގާންއަށް



އޭއެފްސީ ކަޕްގައި ދެކުނު އޭޝިޔާއަށް ހާއްސަ ގުރޫޕްގެ ފުރަތަމަ މެޗް އިންޑިޔާގެ އޭޓީކޭ މޯހަން ބަގާން ކާމިޔާބުކޮށްފިއެވެ. މިމެޗް މޯހަން ބާގާން ކާމިޔާބުކޮށްފައިވަނީ ހަމަ އެ ގައުމުގެ ބެންގަލޫރު އެފްސީއާއި ވާދަކޮށްގެންނެވެ.

މިފަހަރުގެ އޭއެފްސީ ކަޕްގައި ދެކުނު އޭޝިޔާއަށް ހާއްސަ ގުރޫޕް، ގުރޫޕް ޑީގެ މެޗްތަށް އެއްކޮށް ރާއްޖޭގައި ބޭވިގެންދާ މިއީ ފުރަތަމަ ފަހަރުއެވެ. އޭއީ ކޯވިޑް-19އާއި ގުޅިގެން އޭއެފްސީއިން ސެންޓްރަލައިޒްކޮށް މުބާރާތް ކުރިއަށް ގެންދިއުމަށް ނިންމުމާއި ގުޅިގެންނެވެ. މި ގުރޫޕްގެ ފުރަތަމަ މެޗްގައި އިންޑިޔާގެ ވާދަވެރި ދެ ޓީމް އޭޓީކޭ މޯހަން ބަގާން އާއި ބެންގަލޫރު އެފްސީ ބައްދަލުކުރި މެޗް ފެށިގެންދިޔައިރު މެޗުގެ ކުރީކޮޅު ދެ ޓީމުންކުރެ އެއްޓީމަކަށްވެސް މާރަނގަޅު ހަމަލާތަކެއް އުފެއްދޭގޮތް ނުވިއެވެ. މެޗުގެ ކުރީކޮޅު ފެނިގެންދިޔައީ ފައުލްތައް ގިނަވެގެންދިޔަ މަންޒަރެވެ. އަދި ދެ ޓީމްއިންވެސް ވަރަށް ބޮޑަށް ޑިފެންސްއަށް ވިންސައިގެން ކުޅެމުންދިޔައިރު، މޯހަން ބަގާންއިން ދިޔައީ ދިގު ގޯޅަތަކެއް ލައިގެން ގޯލްއެއް ޖެހުމަށް މަސައްކަތް ކުރަމުންނެވެ. އެއާއި ހިލާފަށް ބެންގަލޫރުއިއިން ބޯޅަ ތިރިކޮށްގެން ކުޅެން މަސައްކަތް ކުރިއެވެ.

މެޗް ކުރިއަށް ދިޔަވަރަކަށް މޯހަން ބަގާންއިން ގިނަ ވަގުތު ބޯޅަ ގެންގުޅެ ގިނަ ހަމަލާތަކަށް އުފެއްދުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް މޯހަން ބަގާއިން އުފެއްދުމަށް މަސައްކަތް ކުރި ގިނަ ހަމަލާތައް ދިފާޢުކޮށްފައިވަނީ ބެންގަލޫރު އެފްސީގެ ފަހަތަށް ކުޅޭ ކުޅުންތެރިންނެވެ. މެޗްގެ 20ވަނަ މިނެޓްގައި ގޯލްއެއް ޖެހުމަށް މޯހަން ބަގާންގެ ހޫގޯއަށް ލިބުނު ފުރުސަތު އެންމެ އެކަށީގެންވާ ގޮތުގައި ބޭނުމެއް ނުކުރެވުނެވެ.

ބެންގަލޫރުގެ ތިން ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު އޭރިޔާގެ ތެރެއަށް ވަދެ ފޮނުވާލި ބޯޅަވަނީ ބެންގަލޫރުގެ ކީޕަރު ގުރުޕުރީތު އަތުން ޖައްސާ ބޭރުކޮށްލާފައެވެ. އޭގެ ތިން މިނެޓްފަހުން މޯހަން ބަގާންގެ ކެޕްޓަން ކްރިޝްނާއަށްވެސް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. އޭރިޔާގެ ތެރެއަށް ހުރަސްވެގެންދިޔަ ބޯޅަ ކްރިޝްނާއަށް ބޭނުން ކުރެވޭ ގޮތެއް ނުވިއެވެ.

ބެންގަލޫރުއިންވެސް މޯހަން ބަގާން ގޯލަށް ނުރައްކާތެރި ހަމަލާތަކަށް އުފެއްދުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް މޯހަން ބަގާންގެ ގޯލްއަށް ސީދާކޮށް ހަމަލާއެއް ފޮނުވާލެވިފައެއް ނުވެއެވެ. ނަމަވެސް މެޗްގެ 25ވަނަ މިނެޓްގައި ބެންގަލޫރުއަށް ލިބުނު ހިލޭ ޖެހުމަކުން ނުރައްކާކުރިއެވެ. އެޓީމްގެ އޮގަސްޓޯ ފޮނުވާލި ބާރުބޮޅަވަނީ މޯހަން ބަގާންގެ ކީޕަރު އަމްރިންދަރު ސިންގް މަތަކޮށްކޮށްފައެވެ. މޯހަމް ބަގާންއި އެޓީމްގެ ކުރިއަށް ކުޅޭ ވިލިއަމްސްގެ ބޭނުންކޮށްގެންވެސް ނުރައްކާތެރި ހަމަތާލަށް އުފެއްދުމަށް މަސައްކަތް ކުރިއެވެ. ނަތީޖާއެއްގެ ގޮތުން މެޗް 29ވަނަ މިނެޓްގައި އޭރިޔާގެ ބޭރުގައި ހުރެފައި ފޮނުވާލި ބޮޅަވަނީ ބެންގަލޫރުގެ ކީޕަރު މަތަކޮށްފައެވެ. މެޗްގެ 31ވަނަ މިނެޓްގައިވެސް މޯހަން ބަގާންއަށް ލަޑެއް ޖެހުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ނަމަވެސް ހޫގޯ ފޮނުވާލި ބޯޅަވެސްވަނީ ބެންގަލޫރުގެ ކީޕަރު ގުރުޕުރީތް ދިފާއުކޮށްފައެވެ. މިއީ މޯހަން ބަގާންގެ ކެޕްޓަން ކްރިޝްނާ ތަންވަސްކޮށްދިން ފުރުސަތެކެވެ. މެޗް ހަވީރު ގަނޑީގައި ކުޅެން ޖެހުމުގެ ސަބަބުން މޯހަން ބަގާންގެ ކުޅުންތެރިންވަނީ ވޯޓަރ ބްރޭކްއެއް ބޭނުންވާކަމަސް ބުނެ ޝަކުވާކޮށްފައެވެ.

މިމެޗުގައި މޯހަން ބަގާންގެ ފުރަތަމަ ލަނޑު މެޗުގެ ފުރަތަމަ ހާފްގައި އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ރޯއި ކްރިޝްނާ، އަދި ދެވަނަ ލަނޑު ދެވަނަ ހާފްގެ ކުރީކޮޅު ޖަހައިދިނީ ޑިފެންޑަރު ސުބަސިޝްއެވެ.

މިގްރޫޕްގައި މިއަންނަ ހޮނިހުރި ދުވަހުގެ ހަވީރު ކުޅެ މެޗުގައި މޯހަން ބަގާން ދެން ނިކުންނާނީ ބަންގްލަދޭޝް ބަޝުންދުރަ ކިންގްސް އާއި ދެކޮޅަށެވެ.

މެޗްގެ ފުރަތަމަ ލަނޑު ޖަހާ ލީޑްނެގީ މޯހަން ބަގާއިންއިންނެވެ. މިލަނޑު މެޗް 29ވަނަ މިނެޓްގައި އެޓީމްއަށް ކާމިޔާބުކޮސްދިނީ ކެޕްޓަން ކްރިޝްނާއެވެ. މިއީ މޯހަން ބަގާންގެ ސުބާޝިޝް ގޯލް އާއި ދިމާލަށް ފޮނުވާލި ބޯޅައެއް، ކްރިޝްނާ ބޮލުން ޖަހާ ގޯލްއަށް ވައްދާލިއެވެ. ކްރިޝްނާގެ ބޮލުން ޖެހުމުން ބެންގަލޫރުގެ ކީޕަރަށްވެސް ބޯޅައިގެ މިސްރާބު ބަދަލްވެގެންދިޔައެވެ.

ލީޑް ލިބުމާއެކު އޭޓީކޭ މޯހަން ބަގާއިން ވަރަށް ބޮޑަށް ޑިފެންސްއަށް ވިސްނައިގެން ކުޅެމުންދިޔައެވެ. މެޗްގެ ފުރަތަމަ ހާފް ނިމުނީ މޯހަން ބަގާން ކުރީގައި އޮވެގެންނެވެ. މިމެޗްއަށް މި ދެޓީމް ނިކުތްއިރު މިދެ ޓީމް އެންމެ ފަހުން މިދިޔަ ސީޒަންގައި މިދެ ޓީމް ބައްދަލުކުރި މެޗް ކާމިޔާބުކޮށްފައިވަނީ އޭޓީކޭ މޯހަން ބަގާންއާއެވެ. އެއީ ފުރަތަމަ މެޗްގައި 1 ލަނޑު 0 ލަނޑުން އަދި ދެވަނަ މެޗުގައި 2 ލަނޑު 0 ލަނޑުންނެވެ.

މެޗްގެ ދެވަނަ ހާފް މޯހަން މަގާމްއިން ފެށީ ގޯލްއަކާއެކުއެވެ. ދެވަނަ ހާފްގެ ކުޅުން ފެިތާ މިނެޓްއެއްވެސް ނުވަނީސް މޯހަން ބަގާންގެ ސުބާޝިޝް ބޯސްވަނީ އޭރިޔާގެ ތެެރޭގައި ހުރެފައި ބެންގަލޫރުގެ ގޯލްގެ އަރިމަތީ ކަޅަށް ބޯޅަ ވައްދާލާފައެވެ. ބެންގަލޫރުގެ ކީޕަރު ގުރުޕްރީތުވަނީ އެބޯޅަ ދިފާޢުކުރުމަށް މަސައްކަތްވެސްކޮށްފައެވެ. ނަމަވެސް ގުރުޕްރީތުގެ އަތުގައި ބޯޅަ ލައްވާލާވަރެއް ނުވިއެވެ. މިއާއެކު މޯހަން ބާގާއިންވަނީ ދެ ލަނޑުގެ ލީޑްއެއް ނަގާފައެވެ.

މޯހަން ބާގާންއިން ދެ ގޯލްގެ ލީޑްއެއް ނެގުމާއެކު ބެންގަލޫރުއިން ކުރިއަށް ޖެހިލައިގެން ގޯލްއެއް ޖެހުމަށް މަސައްކަތް ކުރިއެވެ. އޭރިޔާ ބޭރުން ބެންގަލޫރުގެ އޮގަސްޓޯ ފޮނުވާލީ ބާރުބޯޅަވަނީ މޯހަން ބަގާންގެ ކީޕަރު އަމްރިންދަރު ސިންގް ދިފާޢުކޮށްފައެވެ. މެޗްގެ ފުރަތަމަ ހާފްއާއި ހިލާފަށް މެޗްގެ ދެވަނަ ހާފްގައި ބެންގަލޫރު އެފްސީއިންވަނީ ގިނަ ވަގުތު ބޮޅަ ގެންގުޅެ ގިނަ ހަމަލާތަަށް އުފެއްދުމަށް މަސައްކަތްކޮސްފައެވެ. ނަމަވެސް އެޓީމްއަށް މޯހަން ބަގާންގެ ގޯލްއާއި ސީދާކޮށް މާ ނުރައްކާތެރި ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ. އަދި އެޓީމްއަށް ލިބޭ ފުރުސަތުތަށްވަނީ މޯހަން ބަގާންގެ ޑިފެންޑަރުން ދިފާާޢުކޮށްފައެވެ. ބެންގަލޫރުގެ ކުޅުންތެެރިންނަށް އެންމެ ފަހު ބޯޅަ ނިންމާލުމުގައި އުގަދޫތަކެއް ހުރިކަން ވަރަށް ބޮޑަށް ފާހަގަކުރެވުނެވެ.

މެޗްގެ ފަހުކޮޅަށް ދިޔަވަރަކަށް މޯހަން ބަގާންއިން ދިޔައީ ޑިފެންސްއަށް ވަރަށް ބޮޑަށް ވިސްނައިގެން ކުޅެމުންނެވެ. އަދި އެޓީމްގެ ޑިފެންޑަރުންވަނީ ބެންގަލޫރުގެ ކުރިއަށް ކުޅޭ ކުޅުންތެރިންނަށް ފުރުސަތު ތަނަވަސް ކުރުމަށް ފުރުސަތު ނުދީފައެވެ. ގިނަ ރީންދޫ ކާޑްއެއް ފެނިގެންދިޔަ މިމެޗްގައި ދެ ޓީމްގެ ކުޅުންތެރިންގެ ފަރާތުންވެސް މެޗް ނިމެންދިޔަ ވަރަކަށް ވަރުބަލިކަން ވަރަށް ބޮޑަށް ފެނިގެންދިޔައެވެ. މެޗްގެ ނިމި ދެއްކި އިތުރުވަގުކޮޅުގެ ތެރޭގައި މޯހަން ބަގާންއަށް ލީޑް ފުޅާކުރުމަށްވެސް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ނަމަވެސް ރިސްޓޯން ކަހާލުމުގެ ސަބަބުން އެބޯޅައިގެ ބޭނުން ހިފޭ ގޮތެއް ނުވިއެވެ.

މިމުބާރާތުގައި މިރޭ ވާދަކުރާ މެޗްގައި ބައްދަލުކުރާނީ ރާއްޖޭގެ ޗެންޕިއަން މާޒިޔާ އާއި ބަންގްލަދޭޝްގެ ޗެންޕިއަން ބަޝުންދުރާ ކިންގްސްއެވެ. މިމެޗް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 9 ޖަހާއިރުއެވެ.