ކުޅިވަރު

ގައުމީ އަންހެން ފުޓުބޯޅަ ޓީމް ޔޫއޭއީއަށް ފުރައިފި


އޭއެފްސީ ވިމެންސް އޭޝިއަން ކަޕް ކޮލިފައިންގެ މެޗްތަކަށް ތައްޔާރުވުމަށް ޔޫއޭއީގައި ކޭންޕް ކުރުމަށް ގައުމީ އަންހެން ފުޓުބޯޅަ ޓީމް މިއަދު ހެދުނު ފުރައިފިއެވެ.

އޭއެފްސީ ވިމެންސް އޭޝިއަން ކަޕް ކޮލިފައިން މެޗްތައް ކުރިއަށްދާނީ ތަޖަކިސްތާނުގައެވެ. ކޮލިފައިންގެ މެޗްތައް ތަޖަކިސްތާނުގައި ކުރިއަށް ދިޔަނަމަވެސް އޭއެފްސީ ވިމެންސް އޭޝިއަން ކަޕް މުބާރާތް ކުރިއަށްދާނީ އަންނަ އަހަރު އިންޑިޔާގައެވެ. ކޮލިފައިންގައި ރާއްޖެ ލައްވާލާފައިވަނީ ތަޖިކިސްތާން، ވިއެޓްނާމް އަދި އަފްގާނިސްތާނާއި އެއް ގުރޫޕެއްގައެވެ. ކޮލިފައިންގައި އަފްގާނިސްތާނު އޮތް ނަމަވެސް އެގައުމުގެ ސިޔާސީ ހަމަނުޖެހުމުގެ ސަބަބުން މިހާރު އެގައުމުން ކޮލިފައިންގެ މެޗްތަކުގައި ބައިވެރިވާނެކަމާމެދުވަނީ ސުވާލް އުފެދިފައެވެ. ގައުމީ އަންހެން ޓީމްގެ ފަރިތަކުރުންތައް މިދިޔަ މަހުގައި ފެށިއިރު، ގައުމީ އަންހެން ޓީމުން ވަނީ އޭދަފުށީގައި ރަހުމަތްތެރިކަމުގެ މެޗުތަކެއް ކުޅެފައެވެ.

ކޯވިޑް-19އާއި ގުޅިގެން މިދިޔަ އަހަރު ގައުމީ އަންހެން ޓީމްގެ އެއްވެސް ހަރަކާތެއް ކުރިއަކަށް ނުގެންދެއެވެ. ގައުމީ އަންހެން ޓީމް އެންމެ ފަހުން ވާދަކޮށްފައިވަނީ 2019ވަނަ އަހަރު ނޭޕާލްގައި ކުރިއަށްދިޔަ ސައުތް އޭޝިއަން ގޭމްސްގައެވެ. އެ ފަހަރުގެ ގޭމްސްގައި ޤައުމީ އަންހެން ފުޓުބޯޅަ ޓީމު ވަނީ ލޯ މެޑަލްއެއް ހޯދާފައެވެ. އެންމެ ފަހުން ސައުތް އޭޝިއަން ގޭމްސްގައި ވާދަކުރި ޓީމާއި މިފަހަރުގެ ޓީމް ތަފާތުކަން ފާހަގަކޮށްލެވުނެވެ. މިފަހަރުގެ ޓީމުން ވަނީ ގިނަ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީފައެވެ. ޔޫއޭއީގައި ގައުމީ އަންހެން ޓީމު ކޭންޕް ކުރާއިރު، އެގައުމުގައި ރަހުމަތްތެރިކަމުގެ ދެ މެޗް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ތަޖަކިސްތާނުގައި ކުރިއަށްދާ ކޮލިފައިން މެޗްތައް ކުރިއަށްދާނީ އަންމަ މަހުގެ 13-25އަށެވެ.

2014 އަދި 2018ވަނަ އަހަރުގެ ކޮލިފައިންގައި ރާއްޖެއިން ބައިވެރިވެފައެއް ނުވެއެވެ. ރާއްޖެއިން އެންމެ ފަހުން އޭއެފްސީ ވިމެންސް އޭޝިއަން ކަޕް ކޮލިފައިންގައި ބައިވެރިވެފައިވަނީ 2006 އަދި 2010ވަނަ އަހަރުއެވެ.