ޚަބަރު

މުޙައްމަދު ޙުސައިން ޝަރީފްއާ ދެކޮޅަށް ދަޢުވާ ނުކުރަން ނިންމައިފި


ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރ މުޙައްމަދު ޙުސެއިން ޝަރީފްގެ މައްޗަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ކޮށްދިނުމަށް އެދި ފޮނުވި ދައުވާ ނުކުރުމަށް ޕްރޮސެކިއުޓާރ ޖެނެރަލް ނިންމައިވައިފިއެވެ.މަގާމްގެ ނުފޫޒު ބޭނުންކޮށްގެން ވަކިބަޔަކަށް ނާޖައިޒް ފައިދާއެއް ހޯދާދިނުމުގެ ކުށުގައި މުޙައްމަދު ޙުސެއިން ޝަރީފްގެ މައްޗަށްދައުވާކުރުމަށް އެސީސީން ޕިޖީ އޮފީހަށް ފޮނުވީ މިނިވަން  ފަންސާހުގެ ރަސްމީ ޖާފަތް ނިއުޕޯޓާއި ހަވާލްކިރި މައްސަލާގައެވެ.ޕީޖީ އޮފީހުން ބުނީ މުހައްމަދު ހުސެއިން ޝަރީފާއި ދެކޮޅަށް ދަޢުވާ ނުކުރަން ނިންމީ އެ މައްސަލާގައި އެކަށީގެންވާވަރުގެ ހެއްކާއި ގަރީނާ ލިބިފައިނުވާތީކަމަށެވެ.ގިނަ ބައެއްގެ ފާޑިކިޔުންތައް އާމާޒުވި މިނިވަން ފަންސާހުގެ ރަސްމީ ޖާފަތުގެ މައްސަލަ ބެލުމަށްފަހު އެސީސީން ޢާއްމު ކުރި ރިޕޯޓްގައި މުޙައްމަދު ޙުސެއިން ޝަރީފްގެ މައްޗަށް ގިނަ ތުހުމަތުތަކެއް ކޮށްފައިވެއެވެ. މިގޮތުން ރަސްމީ ޖާފަތް ނިއުޕޯރޓްއާއި ހަވާލްކުރުމަށް ރައީސުލްޖުމްހުރިއްޔާ ނިންމަވާފައިވާކަމަށް  ބުނެ މުހައްމަދު ހުސެއިން ޝަރީފް އޮޅުވާލާފައިވާކަމަށް އެ ރިޕޯޓްގައިވެއެވެ.  އަދި އެފަދަ ހުއްދައެއް ރައީސް ދެއްވިކަން އެގެންނެތްއިރު  އެ ހުއްދަ ހޯދާފައިނުވާކަމަށް މުހައްމަދު  ހުސެއިން ޝަރީފް އިއުތިރާފްވެފައިވާކަމަށްވެސް އެސީސީން ބުނެފައިވެއެވެ.ރަސްމީ ޖާފަތް ހަވާލްކުރި ނިއުޕޯޓަކީ މުހައްމަދު ހުސެއިން ޝަރީފާއި ރައީސް އޮފީހުގެ އިސް ފަރާތްތަކަކާއި ގުޅުން އޮންނަ ތަނެއްކަމަށްވެސް އޭސީސީގެ އާއްމުކުރި ބަޔާނުގައިވެއެވެ.