ކުޅިވަރު

ގުރޫޕް ސްޓޭޖު މޮޅަކުން ނިންމާލާން ބޭނުން - ފެޒޯލީ


އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖް މޮޅަކުން ނިންމާލަން ބޭނުންވާކަމަށް ބެންގަލޫރުގެ ކޯޗު މާކޯ ޕެޒޯލީ ބުނެފިއެވެ. އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުގައި ބެންގަލޫރު އެފްސީ އެންމެ ފުރަތަމަ ވާދަކޮށްފައިވަނީ އެގައުމުގެ އޭޓީކޭ މޯހަން ބަގާންއާއެވެ. އެމެޗުގައި ބެންލޫރުގެ މައްޗަށް 2 ލަނޑު 0 ލަނޑުން މޯހަން ބަގާންވަނީ ކުރި ހޯދާފައެވެ. އަދި ދެވަނަ މެޗްގައި ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އާއި ވާދަކުރި މެޗް ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.

ގުރޫޕް ޑީގެ ފަހު މެޗްގައި މާޒިޔާ އާއި ބެންގަލޫރު އެފްސީ ވާދަކުރާ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ބެންގަލޫރުގެ ކޯޗު މާކޯ ޕެޒޯލީ ބުނީ އޭއެފްސީ ކަޕްގެ ގުރޫޕް ފަހަނައަޅައި ނުދެވުމުން ހިތްހަމަ ނުޖެހޭކަމަށާއި ނަމަވެސް މާޒިޔާ މެޗަށް ނިކުންނައިރު ކުޅުންތެރިން މޯޓިވޭޝަނަށް އެއްވެސް އަސަރެއްކޮށްފައި ނުވާކަމަށެވެ. ބެންގަލޫރުގެ ކުޅުންތެރިންނަކީ ވަރަށް ޕްރޮފެޝަނަލް ކުޅުންތެރިންތަކެއްކަމުން މާޒިޔާއާއި ދެކޮޅަށް ވެސް ނިކުންނާނީ މެޗުން މޮޅުވާންކަމަށް ފެޒޯލީ ބުންޏެވެ. ހާއްސަކޮށް އެންމެ ފަހުން މި ގުރޫޕްގައި ބަޝުންދުރާއާއި ދެކޮޅަށް ކުޅުނު މެޗްގައި ބެންގަލޫރު ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަކަމަށާއި އެމެޗުގައި ދެއްކި މޮޅު ކުޅުމުގެ ފައިދާ މިމެޗްގައި ފެނިގެންދާނެކަމަށް ވެސް ފެޒޯލީ ބުންޏެވެ.

"ތިން މެޗަށްފަހު މިހާރު ބެންގަލޫރުން 4ވަނަ މެޗާއި ކުރިމަތިލާއިރު، މިއީ 9 ދުވަހުގެ ތެރޭގައި ބެންގަލޫރުއިން ކުޅޭ 4 ވަނަ މެޗް. މާޒިޔާ އާއި ދެކޮޅަށް ނިކުންނައިރު، ޓީމަށް ބައެއް ބަދަލްތައް ގެންނާނަން. ޕްލޭ އޯފް ގޭމަށްފަހު އާޝިގް ވަނީ ފަހަށް ލިބިފައިވާ އަނިޔާއާއި ގުޅިގެން ބެންގަލޫރުން ކުޅުނު އެއްވެސް މެޗެއްގައި ބައިވެރިވެވޭ ގޮތެއް ނުވެފަ. އަހަރެން ގަބޫލެއް ނުކުރުން ކުރިން ކުޅެފައިވާ މެޗްތަކުގެ ނަތީޖާގެ ސަބަބުން މިމެޗަށް އެއްވެސް އަސަރެއް ކުރާނެކަމަކަށް. ކުރިން ޓީމްގެ ކެޕްޓަން ޗެތުރީ ބުނި ފަދައިން ވެސް މާޒީގައި ކަން ހިނގާފައިވާ ގޮތަކީ މިމެޗަށް ނިކުންނައިރު ބަލާނެކަމެއް ނޫން. މިއީ މުޅިން އާ މެޗެއް މިއީ މުޅިން އާ ޓީމެއް. ކުޅުންތެރިން ވެސް ވަރަށް މޯޓިވޭޓްވެފަ ތިބީ. މާޒިޔާ ޓީމު އެޓީމު ކުޅުނު ދެ މެޗުން ބަލިވިނަމަވެސް، އެމެޗުތަކުން ވެސް މާޒިޔާއިން ވަނީ މޮޅު ކުޅުމެއް ދައްކާފަ. އެހެންވީމަ އަހަރުން އެޓީމަށްވެސް އިހުތިރާމް ކުރަންޖެހޭ" ފެޒޯލީ ބުންޏެވެ.

ބެންގަލޫރުން މިމެޗަށް ނުކުންނާނީ ބެންގަލޫރުގެ ސްޓައިލްގައި ކުޅެ މޮޅުވާންކަމަށާއި. ބޭނުންވަނީ ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ކުރިއަށް ޖެހިލަންކަމަށްވެސް ފެޒޯލީ ބުންޏެވެ.