ތިން އަހަރަށްފަހު ގައުމީ ޓީމްގެ ޕްރިލިމިނަރީ ސްކޮޑުން ތަޖްރިބާކާރު މިޑްފީލްޑަރު އަދި ކުޅިވަރާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަސްއަދު ޢަލީ (އަޑޭ) ހަމަޖައްސައިފިއެވެ.
މިއަހަރުގެ ސާފް ޗެންޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައެވެ.
ސާފް ޗެންޕިއަންޝިޕަށް ތައްޔާރުވުމަށް ގައުމީ ޓީމުގެ ކޯޗުންނާއި ސްޓާފުންވަނީ 31 ކުޅުންތެރިންގެ ސްކޮޑެއް އެކުލަވާލާފައެވެ. އަޑޭ ގައުމީ ޓީމަށް ކުޅުނު ހުއްޓާލާފައިވަނީ 2018ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައެވެ. އުމުރުން 34 އަހަރުގެ އަޑޭވަނީ އޭއެފްސީ ކަޕްގެ ޕްލިމިނަރީ ބުރު އަދި ކޮލިފައިން ބުރުގައި ކުލަބް އީގަލްސްގެ ސްކޮޑްގައި ހިމެނިގެން ކުޅެފައެވެ. އަދި އަޑޭވަނީ ޕްރިމިއަރ ލީގުގެވެސް ބައެއް މެޗްތަކުގައި ކުޅެފައެވެ. ކުލަބް ލެވެލްގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ އަޑޭވަނީ 2014ވަނަ އަހަރު މާލެ އާއި އައްޑޫ ސީޓީގައި ބޭއްވި ޗެލެންޖް ކަޕްގައި ކުޅެ، އެމުބާރާތުގައި ތިންވަނަ ހޯދި ޓީމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. ޕެނަލްޓީ ޖަހައިގެން އަފްގާނިސްތާން އަތުން މޮޅުވި މެޗްގައި އަޑޭ ޖެހި ޕެނަލްޓީއަށް ވަނީ ވަރަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައެވެ.
ގައުމީ ކޯޗް ޢަލީ ސުޒޭން އެކުލަވާލި ޕްރިލިމިނަރީ ސްކޮޑުން އައްސަދު ޢަލީގެ އިތުރުން 6 އަހަރަށްފަހު މޫސާ ޔާމީން (ޔާމްބެ) ވެސް ވަނީ ގައުމީ ޓީމުގެ ޕްރިލިމިނަރީ ސްކޮޑުން ޖާގަ ދީފައެވެ. އަދި ނިމިގެންދިޔަ ވޯލްޑް ކަޕް އަދި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި އެކުލަވާލި ގައުމީ ޓީމުގައި ބައެއް އަމިއްލަ ސަބަބުތަކާއި ކޯވިޑް-19އަށް ފައްސިވެގެން އެޓީމުގައި ނުހިމެނުނު ބައެއް ކުޅުންތެރިންނަށް ވެސް ވަނީ މިފަހަރުގެ ސްކޮޑުން ފުރުސަތު ދީފައެވެ. އޭގެ ތެރޭގައި ނާއިޒު ހަސަން (ދާދު) އާއި ޔަސްފާދު ހަބީބު (މުލަކޭ) އާއި ހަސަން ރާއިފް (ހަންނަ) އަދި އިސްމާއިލް އީސާ (މެސީ) ހިމެނެއެވެ.
ގައުމީ ޓީމުގެ ފަރިތަކުރުންތައް މިހާރު ކުރިއަށްދާ ސާފް ޗެންޕިއަންޝިޕް ނިމުމާއެކު މިމަހުގެ 25ވަނަ ދުވަހު ފެށުމަށް އެފްއޭއެމުން އަންނަނީ ތައްޔާރުވަމުންނެވެ. ސާފް ޗެންޕިއަންޝިޕްގެ ކުރިން ގައުމީ ޓީމުން ޓްރެއިނިން ކޭންޕެއް ފުރިހަމަ ކުރުމަށް ހަމަޖެހިފައިވާއިރު، މި ޓްރެއިނިން ކުރުން އެންމެ ގާތީ ގަރަތަށްކަމަށް ވެސް އެފްއޭއެމުން މަޢުލޫމާތުދިނެވެ.