ޓޫރިޒަމް މިނިސްޓްރީން ގޮތް ނޭނގޭ އެއްޗެއް ފެނިގެން އެމްއެންޑީއެފްގެ ބޮމްބް ސްކޮޑް ހަރަކާތްތެރިވާން ފަށައިފިއެވެ.
 
އެމްއެންޑީއެފުން ވިދާޅުވީ ވެލާނާގޭ ބިލްޑިންގގައި ހުންނަ ޓޫރިޒަމް މިނިސްޓްރީ ތެރެއިން ގޮތް ނޭނގޭ އެއްޗެއް ފެނިގެން ރިޕޯޓް ކުރުމާއި ގުޅިގެން އެމްއެންޑީއެފްގެ ބޮމްބް ސްކޮޑުން ހަރަކާތްތެރި ވަމުންދާކަމަށެވެ. 
ޓޫރިޒަމް މިނިސްޓްރީގައި މިހާރު ސިފައިން ހަރަކާތްތެރިވަމުންދާއިރު، އެމިނިސްޓްރީގެ ހުރިހާ މުއައްޒަފުން  އޮފީހުން ނެރެ، އޮފީސްވަނީ ހުސްކޮށްފައެވެ. އަދި މިހާރު ސިފައިން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވިއެވެ. 
އޮފީސްތަކުން ގޮތް ނޭނގޭ ތަކެއްޗާއި ހަވާލު ނުވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސް ކޮށްފައެވެ.