ކުޅިވަރު

ޕްރެޝަރުގައި އޮތް ބާސެލޯނާއަށް މުހިންމު މޮޅެއް


ސްޕެނިޝް ލަލީގައި ލެވަންޓޭ އަތުން މޮޅުވެ ޕްރެޝަރުގައި ބާސެލޯނާއިން މުހިންމު މޮޅެއް ހޯދައިފިއެވެ. އަމިއްލަ ދަނޑުގައި ބާސެލޯނާއިން މެޗު ކާމިޔާބުކުރީ 3-0 ލަނޑުންނެވެ.

ބާސާގެ ފުރަތަމަ ލަނޑު މެޕިސް ޑިޕާއީ ފެނެލްޓީއަކުން ކާމިޔާބުކުރި އިރު ދެވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިން ޑިޖޮންއެވެ. ބާސާގެ ފަހުލަނޑު މެޗުގެ އިތުރު ވަގުތު ތެރޭގައި ކާމިޔާބުކޮއްދިނީ ދިގުމުއްދަތަކަށް އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރެފައި އައިސް ކުޅެން އެރި އަންސޫ ފަޓީއެވެ. މިއީ މިދިޔަ ނޮވެންބަރު މަހުގެ ފަހުން ފަޓީ ބާސާ ކުޅެދިން ފުރަތަމަ މެޗުއެވެ.

ބާސާ ތާވަލުގެ 6ވަނައިގައި އޮތީ ލީގުގެ އެއްވަނައިގަވާ މެޑްރިޑަށް ވުރެ އެއްމެޗު މަދުން ކުޅެގެންނެވެ. ދެޓީމުގެ ދެމެދުގައި ފަސް ޕޮއިންޓުގެ ފަރަގު އޮތްއިރު ލީގުގެ ދެވަނައިގަ އޮތީ ރެއާލް ސޮސެއިޑާޑްއެވެ. ތިންވަނައިގަ ސެވިއްޔާ އޮތް އިރު ހަތަރުވަނައިގަ އޮތީ އެތުލެޓިކޯ މެޑްރިޑެވެ.