އިޓާލިއަން ސެރިއާގައި ޔުވެންޓަސް މޮޅުވެ ހިތްހަމަޖެހުމެއް ހޯދައިފިއެވެ. ލީގުގައި އަމިއްލަ ދަނޑުގައި ޔުވެންޓަސް އިން ސަންޕަޑޯރިޔާ މައްޗަށް ކުރި ހޯދީ 3-2 ލަނޑުންނެވެ.
މެޗުގައި ޔުވެންޓަސް އަށް ލަނޑުތައް ކާމިޔާބުކޮށްދިނީ ޕައުލޯ ޑީބަލާ އާއި ލިއެނާޑޯ ބޮނޫޗީގެ އިތުރުން މެނުއަލް ލޮކެޓޮއްލީއެވެ. ސަންޕްޑޯރިޔާއަށް ލަނޑުތައް ކާމިޔާބުކޮށްދިނީ މާޔާ ޔޮޝީޑާގެ އިތުރުން އޮންޓޯނިޔޯ ކަންޑްރޭވާއެވެ. ރޭގައި ލީގުގައި ނަޕޯލީ ވަނީ އަމިއްލަ ދަނޑުގައި ކުޅެ ރޯމާ އަތުން 3-2 ލަނޑުން މޮޅުވެފައެވެ.
ފިއޮރެންޓިނާ އިން އުދެނޭޒީ ބަލިކުރި އިރު ލީގުގެ އެއްވަނައިގައިވާ ނަޕޯލީ ވަނީ ކަގްލިއެރީ އަތުން 2-0 ލަނޑުން މޮޅުވެފައެވެ. އެއްވަނައިގަ ނަޕޯލީ އޮތީ ދެ ޕޮއިންޓުގެ ލީޑަކާއެކު 18 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައިވާ މިލާނަށް 16 ޕޮއިންޓް ލިބަފަވާއިރު އިންޓަމިލާން ތިންވަނައިގަ އޮތީ 14 ޕޮއިންޓާއެކުގައެވެ. ރޯމާ ހަތަރު ވަނައިގަ އޮތީ 12 ޕޮއިންޓާއެކުގައެވެ. ރޭގެ ހޯދި މޮޅާއެކު ޔުވެންޓަސް އިން ވަނީ ލީގުގެ 9 ވަނައަށް ކުރިޔަށް ޖެހިލާފައެވެ.