ޚަބަރު

ބޮޑީބިލްޑިން އެންޑް ސްޕޯޓްސް ފިޒީކް މުބާރާތުގައި ރާއްޖެއިން 2 ރިހިމެޑަލް ހޯދައިފި


ދުނިޔޭގެ ބޮޑީބިލްޑިން އެންޑް ސްޕޯޓްސް ފިޒީކް މުބާރާތުގައި ރާއްޖެއިން ދެ ރިހިމެޑަލް ހޯދައިފިއެވެ.

އުޒްބެކިސްތާނުގައި މިހާރު ކުރިއަށްދާ ދުނިޔޭގެ ބޮޑީބިލްޑިން އެންޑް ސްޕޯޓްސް ފިޒީކް މުބާރަތުގައި ރާއްޖެއަށް ރިހި މެޑަލް ހޯދާފައިވަނީ 65 ކިލޯގެ ބައިން މުހައްމަދު ރަޝީދާއި 55 ކިލޯގެ ބައިން މުޙައްމަދު މޫސާއެވެ. މިމުބާރާތުގައި ވާދަކުރަން ޤައުމީ ބޮޑީބިލްޑިން ޓީމު އެކުލަވާލާފައިވަނީ މިިދިޔަ ޖުލައި މަހުގެ 16ވަނަ ދުވަހުއެވެ. މިމުބާރާތުގައި ރާއްޖެއިން 6 އެތްލީޓުން ވާދަކޮށްފައިވެއެވެ.

ކޯވިޑް-19އާ ގުޅިގެން އެހެން ކުޅިވަރުތަކާ އެއްގޮތަށް ބޮޑީބިލްޑިންއަށްވެސް ބޮޑު އަސަރެއްވަނީކޮށްފައެވެ. އެގޮތުން މިދިޔަ 2 އަހަރު ބޮޑީބިލްޑިންއިންވެސް ވަނީ ބައިނަލްއަޤްވާމީ މުބާރާތްތައް ފަސްކޮށްފައެވެ. އަދި މިއީ ކޯވިޑާ ގުޅިގެން ރާއްޖެއިން ވާދަކުރި ފުރަތަމަ މުބާރާތެވެ.

މީގެ ކުރިންވެސް ރާއްޖެގެ ބޮޑީ ބިލްޑަރުންވަނީ ރާއްޖެެއަށް އެކިފަހރު މަތިން ރީތިނަން ހޯދައިދީފައެވެ. އަދި ރާއްޖެއަށް ގިނަ ރަން މެޑަލްތަކެއްވެސް މީގެ ކުރިން ބޮޑީބިލްޑަރުންވަނީ ހޯދައިދީފައެވެ. އޭޝިއާގެ މުބާރާތުން ރާއްޖެއަށް ބޮޑީބިލްޑިންއިން ވަނީ މިހާތަނަށް ތިން މެޑަލް ހޯދާފައެވެ. އަދި ދުނިޔޭގެ މުބާރާތުން ވަނީ ހަތަރު މެޑަލް ހޯދައިފައެވެ.