ޚަބަރު

ފައިނަލްގެ ޖާގައެއް ޔަގީން ކުރުމަށް ނޭޕާލް ބަލިކުރަންޖެހޭ - ސްޓިމަކް


ދެ މެޗުން ދެ ޕޮއިންޓް ލިބުނުކަމަށް ވީނަމަވެސް އިންޑިޔާއަށް އުރީދޫ ސާފް ޗެންޕިއަންޝިޕްގެ ފައިނަލަށް ދިއުމުގެ ފުރުސަތު އެބައޮތްކަމަށް އިންޑިއާގެ ކޯޗު އިގޯ ސްޓިމަކް ބުނެފިއެވެ. މިމުބާރާތުގައި އިންޑިޔާއިން ފުރަތަމަ ބަންގްލަދޭޝް އާއި ވާދަކުރި މެޗް 1 ލަނޑު 1 ލަނޑުންވަނީ އެއްވަރުވެފައެވެ. ދެވަނަ މެޗްގައި ސްރީލަންކާ އާއި ވާދަކުރި މެޗް އެއްވަރުވީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ. ދެ މެޗުން ދެ ޕޮއިންޓް ލިބުމާއެކުވެސް އިންޑިޔާގެ ކޯޗް ބުނީ މެޗްގެ ކުޅުމާއި ދޭތެރޭގައި ހިންހަމަޖެހޭކަމާއި ކުރިއަށް އޮތް ނޭޕާލް މެޗް ކާމިޔާބުކޮށްގެން ފައިނަލާއި ގާތަށް ޖެހިލުމުގެ ފުރުސަތު އަދިވެސް އެބައޮތްކަމަށެވެ. އެހެން ކަމުން މިމެޗުން މޮޅުވާން ނޭޕާލަށްވެސް ވަރަށް މުހިންމުވެއެވެ.

މެޗްގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އިންޑިޔާގެ ކޯޗް އިގޯ ސްޓިމަކް ބުނީ ލަންކާ މެޗް އެއްވަރުވުމަކީ އިންޑީޔާ ޓީމުން ކުރަމުންއަންނަ މަސައްކަތަށް ބަދަލްތަކެއް އަންގެން ޖެހޭ ސަބަބެއް ނޫންކަމަށާއި އަދިވެސް ކުރިއަށް ދެ މެޗް އެބައޮތްކަމަށެވެ. ސްޓިމަކްބުނީ އަދިވެސް ކުރިއަށް ދެ މެޗް އޮތުމާއެކު މިދެ މެޗް ކާމިޔާބުކޮށްގެންވެސް ފައިނަލަށް ދިއުމުގެ ފުރުސަތު އެބައޮތްކަމަށެވެ. ލަންކާ މެޗާއި ޚިލާފަށް ނޭޕާލް މެޗްގައި ރީތި ފުޓްބޯޅައެއް ފެނުމުގެ ފުރުސަތު ބޮޑުކަމަށާއި ނަމަވެސް އިންޑިޔާއަށް މިމެޗުން 3 ޕޮއިންޓް ނެގޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ. ނެޕާލު މިމެޗުން ޕޮއިންޓެއް ނަގަން މަސައްކަތް ކުރިނަމަވެސް އިންޑިޔާއިން މެޗަށް ނިކުންނާނީ މެޗުން މޮޅުވާންކަމަށާއި މެޗުގެ ފުރަތަމަ ކަށިގަނޑާއި ހަމައިން ފެށިގެންވެސް އިންޑިޔާއިން އެޓޭކަށް ވަރަށް ބޮޑަށް ވިސްނައިގެން ކުޅޭނެކަމަށް ސްޓިމަކް ބުންޏެވެ.

"ނޭޕާލްގެ އަމިއްލަ ގައުމުގައި އިންޑިޔާއިންވަނީ ދެ މެޗް ކުޅެފަ. އެއް މެޗް އެއްވަރުވެފައިވާއިރު އަނެއް މެޗުން އިންޑިޔާވަނީ މޮޅުވެފަ. މިއީ ޓީމަށް ލިބޭ ހިންހަމަޖެހުމެއް. މިމުބާރާތުގެ ދެ މެޗުން މޮޅެއް ނުލިބުނަސް، މިމެޗުން މޮޅެއް ލިބޭނެކަމަށް އުއްމީދު ކުރެވޭ. އިންޑިޔާއިން އިންޑިޔާގެ ކުޅުން ކުޅެފިނަމަ، މެޗުން މޮޅުވެވޭނެކަމުގެ ޔަގީންކަން ވަރަށް ބޮޑަށް އެބައޮތް. މޮޅުވުން ނޫން ގޮތެއް އިންޑިޔާއަށް ނެތް މިހާރު. މެޗުން މޮޅުވުން އެންމެ މުހިންމީ. އިންޑިޔާގެ އެއްވެސް ކަމަކަށް ބަދަލެއް ނާދޭ. ކުރިންވެސް ބުނިހެން އިންޑިޔާއިން މިމުބާރާތަށް އައީ މުބާރާތް ކާމިޔާބުކުރަން." ސްޓިމަކް ބުންޏެވެ.