އެސްޓީއޯ
ހޯމްއިންމްޕްރޫވްމަންޓް ބަށި މުބާރާތުގެ ޗެންޕިއަންކަން ހަތަރުވަނަ ފަހަރަށް
ފީއަލި އެކުވެރި ޒުވާނުންގެ ގުޅުން ހޯދައިފިއެވެ.
ފީއަލި މިމުބާރާތުގެ ޗެންޕިއަންކަން
ހޯދާފައިވަނީ ލ.އަތޮޅު ރިއަލް އައިލެންޑާ ވަދާކޮށް މެޗް ކާމިޔާބުކޮށްގެންނެވެ.
ފާއިތުވެދިޔަ ތިންއަހަރުވެސް މިމުބާރާތުގެ ޗެންޕިއަންކަން ހޯދާފައިވަނީ ފީއަލި
ޓީމެވެ. މިމުބާރާތުގެ ތިންވަނަ ޓީމަކީ ހުޅުމާލެ ވިމެން ސްޕޯޓްސްއެވެ. އެޓީމަށްވަނީ
ފައިސާގެ އިނާމްގެ ގޮތުގައި 25،000 ރުފިޔާ ދީފައެވެ.
މުބާރާތުގެ އެންމެ ގިނަ
ފޯލި ހިފި ކުޅުންތެރިޔާއަކީ ރިއަލް އައިލެންޑްގެ އައިޝަތު މިލްނާއެވެ. މުބާރާތުގެ
އެންމެ ގިނަ ފޯލި ސައިކުރި ކުޅުންތެރިއަކަށް ހޮވިފައިވަނީ ހުޅުމާލެ ވިމެން
ސްޕޯޓްސްގެ ފާތިމަތު މިލްނާއެވެ. މިމުބާރާތުގައި އެންމެ ފާހަގަކޮށްލެވޭ ސަޕޯރޓިން
ޓީމްއަކީ ފީއަލި އެކުވެރި ޒުވާނުންގެ ގުޅުންއެވެ.
ފެއާރ ޕްލޭ ޓީމްއަކީ ރުއްކުރިއެވެ. ފެއާރ
ޕްލޭ ޓީމަށްވަނީ 10،000 ރުފިޔާގެ ފައިސާގެ އިނާމްއެއް ދީފައެވެ. މިމުބާރާތުގެ
އެންމެ މޮޅު މެނޭޖަރަކަށް ހޮވިފައިވަނީ ކުނބުރުދޫ ބަށި ޓީމްގެ އައިޝަތު ޒިޔާދާއެވެ.
އަދި އެންމެ މޮޅު ކޯޗްއަކަށް ހޮވިފައިވަނީ ވިދުވަރު ޓީމްގެ ރައްޔާނާ އިބްރާހީމްއެވެ.
ފައިނަލްގައި ވާދަކޮށް ދެވަނައަށްދިޔަ ލ.ގަން ރިއަލް އައިލެންޑްއަށްވަނީ ފައިސާގެ
އިނާމްގެ ގޮތުގައި 50،000 ރުފިޔާ ދީފައެވެ.
މުބާރާތުގެ އެންމެ އުއްމީދީ
ކުޅުންތެރިޔާއަކަށް ހޮވިފައިވަނީ ރުއްކުރި ޓީމްގެ އިބްތިޝާލް އަބްދުލް ގާދިރުއެވެ.
އަދި މުބާރާތުގެ ބަށި ރާނީއަކީ ހުޅުމާލެ ވިމެން ސްޕޯޓްސްގެ ފާތިމަތު މިލްނާއެވެ. މިއީ
އެސްޓީއޯއިން އިސްނަގައިގެން މިމުބާރާތް ކުރިއަށްގެންދާ ހަތަރުވަނަ އަހަރުއެވެ.
މިމުބާރާތުގެ ޗެންޕިއަން ފީއަލި އެކުވެރި ޒުވާނުންގެ ގުޅުމަށްވަނީ ފައިސަގެ
އިނާމްގެ ގޮތުގައި އެއްލައްކަ ރުފިޔާދީފައެވެ.