ޔޫރަޕާ ލީގުގެ މި ސީޒަންގައި ސްކޮޓްލޭންޑްގެ ރޭންޖާސް ފުރަތަމަ ފަހަރަށް މޮޅުވެއްޖެއެވެ.
އަމިއްލަ ދަނޑުގައި ރޭންޖާސް މޮޅުވީ މުބާރާތުގެ ގުރޫޕް އޭގައި ޑެންމާކްގެ ބްރޯންބައި އައިއެފްއާ ވާދަކޮށް 2-0 ލަނޑުން މެޗު ކާމިޔާބުކޮށްގެންނެވެ.
މެޗުގެ ވަރަށް ކުރީ ކޮޅު ރޭންޖާސްއިން ޖެހި ލަނޑުތަކުން މެޗު ކާމިޔާބުކުރި އިރު ފުރަތަމަ ލަނޑު 18 މިނިޓުގައި ލިއޯން ބަލޯގަން ކާމިޔާބުކުރި ލަނޑުންނެވެ. ލީޑު އިތުރަށް ރޭންޖާސް އިން ފުޅާކުރީ ފުރަތަމަ ހާފްގައި 30 މިނިޓުގައި ކެމާ ރޫފޭއެވެ. މިލަނޑު ރެފްރީ ބަލައިގަތީ ވީއޭރް ބެލުމަށްފަހުއެވެ. ފުރަތަމަ ހާފްގައި އިތުރު ވަގުތު ތެރޭގައި އަލްފްރޭޑޯ މޮރޭލޮސް ޖެހި ބޯޅައެއް ގޯލުގެ ދަނޑީގައި ވަނީ ޖެހިފައެވެ.
ރޭގެ މެޗުގައި މޮރެލޭސް ލަނޑުޖެހި ނަމަ އޭނާ ރޭންޖާސްއަށް ކާމިޔާބުކޮށްދިން 100 ވަނަ ލަނޑަށް ވާނެއެވެ. ސްކޮޓްލޭންޑްގެ ޗެމްޕިއަން ރޭންޖާސް އަންނަ ހަފްތާގައި ދެން ނުކުންނާނީ ޑެންމާކްގައި ބްރޯންބައިއާ ދެކޮޅަށެވެ. ރޭ ހޯދި މޮޅާއެކު ރޭންޖާސް ވަނީ ގުރޫޕް ފުލުގައި އޮވެ އެއްދަރަޖަ ކުރިޔަށްޖެހިލާފައެވެ. ރޭގައި މިގުރޫޕުގައި ޗެކްރިޕަބްލިކް ގެ ސްޕާޓާ ޕްރާގް ބައްދަލުކޮށް ފްރާންސްގެ ލިޔޯން ވަނީ 4-3 ލަނޑުން މެޗު ކާމިޔާބުކޮށްފައެވެ.
މި މޮޅާއެކު ލިޔޯން ގުރޫޕުގެ އެއްވަނައިގައި އޮތީ 9 ޕޮއިންޓާއެކުއެވެ. ސްޕާޓާ ޕްރާގް ދެވަނައިގަ އޮތީ ހަތަރު ޕޮއިންޓާއެކުއެވެ. ތިންވަނައިގަ ރޭންޖާސް އޮތީ 3 ޕޮއިންޓާއެކުއެވެ. ގުރޫޕްގެ ފުލުގައި ބްރެންބައި އޮތީ އެންމެ ޕޮއިންޓަކާއެކުއެވެ.