ޚަބަރު

ބާ 2000 ފަރަމަންތާ ޗެލެންޖުގެ ސްވިމިންގް އިވެންޓް ފަށައިފި


ބާ2000 ފަރަމަންތާ ޗެލެންޖް މިއަދު ފަށައިފިއެވެ. މޫދު ކުޅިވަރާއި ސާފިން އަދި ބޮޑީބޯޑިން ހިމެނޭ ބާ2000 ފަރަމަންތާ ޗެލެންޖުގައި މިއަދު ފަށާފައިވަނީ އޯޕަން ވޯޓަރ ސްވިމިންގެ އިވެންޓުތަކެވެ. މިއަދު ހެދުނު ރަސްފަންނު ސަރައްހަދުގައި ފެށި އޯޕަން ވޯޓަރ ސްވިމިންގް އެންމެ ފުރަތަމަ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި އޮތީ 10 ކިލޯ މީޓަރަކަށެވެ. ނަމަވެސް މިއަދު ހެދުނު އެސައްރަޙައްދުގައި ޖެލީ ފިޝްތަކެއް އޮތުމުން ހެދުނު 7 ޖެހިއިރު ފެށުމަށް ހަމަޖެހިފައި އޮތް ރޭސް ފެށުނީ އެއް ގަޑިއިރުފަހުންނެވެ. ރޭހަށް ތައްޔާރުވުމުގެ ގޮތުން ބައެއް ކުދިން ރޭސް ފެށުމުގެ ގޮތުން އެސަރައްހަދުގައި ފަތަމުންދަނިކޮށް، ޖެލީ ފިޝްގައި އަތްޖެހި ބައެއް ކުދިންނަށް އަނިޔާވިއެވެ. މިރޭސް މިއަދު ހެދުނު ފަށްޓަވައިދެއްވީ ރައީސުލް ޖުމްހުރިއްޔާގެ އަނބިކަބަލުން ފަޒްނާ އަހުމަދުއެވެ.

ރަސްފަންނު މޫދުގައި ޖެލީ ފިޝްތައް އޮތުމުން ބާ2000 ފަރަމަންތާ ޗެލެންޖް އިންތިޒާމް ކުރާ ފަރާތުންވަނީ 10 ކިލޯ މީޓަރަށް ފަތަން ހަމަޖެހުނު ރޭސް، 5 ކިލޯ މީޓަރަށް ފެތުން ބަދަލްކޮށްފައެވެ. ރިލޭއެއް ގޮތަށް ކުރިއަށް ގެންދިޔަ އިވެންޓުގައި މިބަދަލާއެކު ކޮންމެ ޓީމެއްގައި ފަސް ފެތުންތެރިން ހިމެނޭއިރު، ކޮންމެ ފެތުންތެރިއަކު ފަތާފައިވަނީ 1 ކިލޯ މީޓަރަށެވެ. ބާ2000 ފަރަމަންތާ ޗެލެންޖް އިންތިޒާމް ކުރާ ފަރާތުން 10 ކިލޯ މީޓަރުގެ ބަދަލުގައި 5 ކިލޯ މީޓަރަށް ރޭސް ބަދަލުކުރީ ރޭސް ލަހުން ފެށުމުންނާއި މިއަދަކީ ހުކުރު ދުވަހަށް ވުމުން، މެންދުރު 11:30 ރޭސް ނިންމުމުގެ މަގްސަދުގައެވެ.

ކުރިން މިއަހަރުގެ ކުރީކޮޅުގައި މިރޭސް ކުރިއަށްގެންދިއުމަށް ނިންމާފައިވީ ނަމަވެސް، ރޭސް ފަސްކުރީ މާލެ ސަރަޙައްދުގައި ކޯވިޑް-19ގެ ކޭސްތައް އިތުރުވުމާ ގުޅިގެންނެވެ. ސްވިމިންގް ހަރަކާތްތައް މިއަދު ފެށިނަމަވެސް މިޗެލެންޖްގެ ދަށުން ކުރިއަށްގެންދާ ސާފިން އަދި ބޮޑީބޯޑިން ހަރަކާތްތައް ކުރިއަށްދަނީ މިއަންނަ މަހުއެވެ. ސާފިންއާއި ބޮޑީބޯޑިންގައި ހިމެނޭ ކެޓެގަރީތަކަކީ ޖޫނިއާ ބައިގެ އިތުރުން އޯޕަން ބައެވެ.