ކުޅިވަރު

ލިވަޕޫލް ބަލިކޮށް ވެސްޓް ހޭމުން ލީގު ތާވަލްގެ 3ވަނައަށް


އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް ބަލިކޮށް ވެސްޓް ހޭމް ޔުނައިޓެޑުން ލީގް ތާވަލްގެ ތިންވަނައަށް ޖެހިލައިފިއެވެ. ވެސްޓް ހޭމްގެ އަމިއްލަ ދަނޑުގައި ކުޅުނު މިމެޗުން ލިވަޕޫލް ބަލިވީ 3 ލަނޑު 2 ލަނޑުންނެވެ. މިއީ ލީގުގައި ލިވަޕޫލުން ބަލިވި ފުރަތަމަ މެޗެވެ. މިމެޗުން ބަލިނުވެ ލިވަޕޫލަށް ފަރުޖައްސާލެވުނު ނަމަ، އެޓީމުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، މެޗަކުން ބަލިނުވެ 26 މެޗް ހަމަ ކުރުމުގެ ރެކޯޑެއް ޤާއިމް ކުރެވޭނެއެވެ.

މިމެޗުން ލިވަޕޫލް ބަލިވިއިރު، ވެސްޓް ހޭމް ޔުނައިޓްގެ ފަރާތުން މެޗްގައި މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. މިމެޗުން ބަލިވުމުން ލީގުގައި ކުރިއަށް ޖެހިލުމަށް ލިވަޕޫލަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މިއާއެކު ޗެލްސީ ލީގް ތާވަލްގެ އެއްވަނައިގައި އޮތީ 26 ޕޮއިންޓާއެކުއެވެ. ތާވަލްގެ ދެވަނަގައި މެންޗެސްޓަރ ސިޓީ އާއި ތިންވަނައިގައިވާ ވެސްޓް ހޭމް ޔުނައިޓެޑަށް 23 ޕޮއިންޓް ލިބިފައިވާއިރު، ތާވަލްގެ ދެވަނަ ސިޓީއަށް ލިބެނީ ގޯލުގެ ތަފާތުންނެވެ.

މިމެޗްގައި އެންމެ ފުރަތަމަ ލީޑުނެގީ ވެސްޓް ހޭމުންނެވެ. މިލަނޑަކީ ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. މެޗްގައި ގޯލެއް ޖެހުމަށް ލިވަޕޫލުން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ ފުރަތަމަ ހާފް ނިމެން، 4 މިނެޓަށް ވެފައިވަނިކޮށެވެ. މިލަނޑު ލިވަޕޫލަށް ކާމިޔާބުކޮށްދިނީ ހިލޭ ޖެހުމަކުން އަލެކްސަންޑަ އާނޯލްޑެވެ. މެޗްގެ ދެވަނަ ހާފާއެކު ލިވަޕޫލުން ގޯލެއް ޖެހުމަށް މަސައްކަތް ކުރިނަމަވެސް، އެކަން ކާމިޔާބު ވާގޮތެއް ނުވިއެވެ. ކައުންޓަރ އެޓޭކެއްގައި ވެސްޓް ހޭމަށް ލީޑު ނަގައިދިނީ ޖެރޮޑް ބޮވެންއެވެ. މިބޯޅަވެސް ގޯލަށް ވަދެފައިވަނީ ލިވަޕޫލްގެ ކީޕަރު އަތުގައި ޖެހިފައެވެ. މިމެޗްގައި ވެސްޓް ހޭމްގެ ލީޑް ފުޅާކޮށްދިނީ މެޗުގެ 74ވަނަ މިނެޓްގައި އެޓީމުގެ ކާޓް ޒޫމާއެވެ.

މިލަޑާއެކު ލިވަޕޫލުން ގޯލެއް ޖެހުމަށް މަސައްކަތްތަކެއް ކުރިއެވެ. ޓީމަށް ބަދަލްތަކެއް ގެނެސް ލަނޑު ޖެހުމަށް ކުރަމުންދިޔަ މަސައްކަތް އެޓީމަށް ކާމިޔާބުވީ މެޗްގެ 84ވަނަ މިނެޓްގައެވެ. ލިވަޕޫލްގެ ތިންވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިވޮކް އޮރީގީއެވެ. މެޗް އެއްވަރުކުރުމަށްވެސް ލިވަޕޫލްގެ މާނޭއަށް ރަގނަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ނަމަވެސް މާނޭއަށް ލިބުނު ފުރުސަތުގެ ބޭނުން އޭނާއަށް ހިފޭގޮތެއް ނުވިއެވެ.