ބާސެލޯނާގެ އާ ކޯޗް ޒަވީ ހެނާންޑޭޒް އެޓީމުގެ ކޯޗުގެ ގޮތުގައި ރަސްމީކޮށް ދައްކާލައިފިއެވެ. ބާސެލޯނާގެ ލެޖެންޑް ޒަވީ އެޓީމުގެ ކޯޗްކަމާއި ހަވާލުވެފައިވަނީ ގަތަރުގެ އަލް ސާދްގެ ކޯޗްކަމުން އިސްތިޢުފާ ދިނުމަށްފަހުއެވެ. ޒަވީ އަލް ސާދްގެ ކޯޗްކަމާއި ހަވާލްވީ 2015ވަނަ އަހަރުއެވެ. ގަތަރުގެ އަލް ސާދަށް ކުޅުމަށްފަހު 2019ވަނަ އަހަރު ޒަވީ ވަނީ އެޓީމުގެ ކޯޗްކަމާއި ހަވާލްވެފައެވެ.
ޒަވީ ބާސެލޯނާއަށް އާނއެކޭބުނީ ބްރެޒިލްގެ ޤައުމީ ޓީމްގެ ކޯޗްކަމަށް ނޫނެކޭ ބުނުމަށްފަހުއެވެ. ބާސެލޯނާގެ ކޯޗްގެ މަގާމް ހުސްވީ އެޓީމްގެ ކޯޗަކަށް ހުރި ނެދަލެންޑްސްގެ ރޮނާލްޑް ކޫމަން ނެރެމުންދާ ނަތީޖާތައް ދަށްވުމުގެ ސަބަބުން ވަކިކުރުމާއި ގުޅިގެންނެވެ. ކޫމަން ވަކިކުރުމަށްފަހު އެޓީމަށް ފާއިތުވެގެންދިޔަ ދުވަސްތަކުގައި ކޯޗްކޮށްދީފައިވަނީ ވަގުތީ ކޯޗް ސާޖީ ބާހުއަންއެވެ.
ބާސާއަށް ސޮއިކުރުމަށްފަހު ޒަވީ ބުނީ ބާސާއަކީ ދުނިޔޭގެ އެންމެ ބޮޑު ކުލަބު ކަމަށާއި އެ ޓީމާ ހަވާލުވާން ނިންމީ ބްރެޒިލްގެ ހުށަހެޅުމަށް ފުރަގަސް ދިނުމަށްފަހުއެވެ. އެގޮތުން ބްރެޒިލުގެ ފެޑެރޭޝަނުން ހުށަހެޅީ މި ވަގުތު އެ ގައުމުގެ ކޯޗު ޓީޓޭގެ އެސިސްޓަންޓް ކޯޗަކަށް ދިއުމަށްފަހު، އަންނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު ރަސްމީކޮށް ބްރެޒިލުގެ ހެޑް ކޯޗުކަމާ ހަވާލުވާން ކަމަށްވެސް ވަނީ ބުނެފައެވެ. ގަތަރުގެ އަލް ސާދާއެކު ޒަވީ ވަނީ ހަތް ޓްރޮފީ އުފުލާލާފައެވެ. އަދި ކުޅުންތެރިއެއްގެ ގޮތުގައިވެސް ޒަވީ ވަނީ ހަތަރު ޓްރޮފީ ކާމިޔާބުކޮށްފައެވެ.