ކުޅިވަރު

ބަހްރެއިން މުބާރާތަށް ރާއްޖޭގެ ފަސް ކުޅުންތެރިން


ބަހްރެއިނުގައި ފެށުމަށް ހަމަޖެހިފައިވާ އިންޓަނޭޝަނަލް ބެޑްމިންޓަން ސީރީސްގައި ރާއްޖޭގެ ފަސް ކުޅުންތެރިއަކު ވާދަކުރުމަށް ހަމަޖެހިއްޖެއެވެ. މާދަމާއިން ފެށިގެން ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ރާއްޖޭގެ ފަރާތުން ވާދަކުރަނީ ގައުމީ ޓީމާއި ރިވައިވަލް ސްޕޯޓްސް ކުލަބެވެ. މިގޮތުން ގައުމީ ޓީމުގެ ފަރާތުން ވާދަކުރަނީ ނިބާލް އަޙުމަދު، ފާތިމަތު ނަބާހާ އަދި އާމިނަތު ނަބީހާއެވެ. އަދި ރިވައިވަލް ސްޕޯޓްސްގެ ފަރާތުން މިމުބާރާތުގައި ވާދަކުރަނީ އަޙުމަދު ޠާއިފާއި ޒަޔާން ޒަކީއެވެ.

ޤައުމީ ޓީމުގެ ފަރާތުން ބަހްރެއިން އިންޓަނޭޝަނަލް ބެޑްމިންޓަން ސީރީސްގައި ޤައުމީ ޓީމުގެ ފަރާތުން ވާދަކުރާ ނިބާލްވަނީ ނިމިގެންދިޔަ ގައުމީ ބެޑްމިންޓަން މުބާރަތުގައި ޠާއިފް އަތުން ބަލިވެފައެވެ. މިއީ ނިބާލް ޤައުމީ މުބާރަތުގެ ފައިނަލުން ޖެހިޖެހިގެން ބަލިވި ތިންވަނަ ފަހަރެވެ. އަދި މިއީ ޠާއިފް ޤައުމީ ބެޑްމިންޓަން މުބާރާތުގެ ސިންގަލްސް ޗެންޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ. އަންހެން ސިންގަލްސް ޗެންޕިއަންކަން ހޯދާފައިވަނީ އާމިނަތު ނަބާހާއެވެ. މިބައިގެ ޗެންޕިއަންކަން ނަބާހާ ހޯދާފައިވަނީ އޭނާގެ އެއްމާބަނޑު ކޮށްކޮ އާމިނަތު ނަބީހާ ބަލިކޮށްގެންނެވެ.

މިމުބާރާތުގައި ވާދަކުރާ ރާއްޖޭގެ ފަސް ކުޅުންތެރިންވަނީ އިއްޔެގެ ވަގުތެއްގައި ބަހްރެއިނަށް ފުރާފާއެވެ. މިއީ ކޯވިޑް-19އަށްފަހު ގިނަ ރާއްޖޭގެ ގިނަ އަދަދެއްގެ ކުޅުންތެރިން އެއް މުބާރާތެއްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.