ކުޅިވަރު

ނިއުކާސަލްގެ މައްޗަށް އާސެނަލް ކުރި ހޯދައިފި


އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލްއާއި ނިއުކާސަލް ވާދަކުރި މެޗުން އާސެނަލް މޮޅުވެއްޖެއެވެ. އާސެނަލް ނިއުކާސަލް ޔުނައިޓެޑް އަތުން މޮޅުވީ 2 ލަނޑު ސުންލަނޑުންނެވެ.

އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައިވެސް އާސެނަލްއަށް ލިޑުނަގަން ވަރަށް ރަނގަޅު ފުރުޞަތެއް ލިބިވަނީ ބޭކާރުވެފަ އެގޮތުން އާސެނަލްގެ ކެޕްޓަން ޕިއޭ އެމެރިކް އޮބާމަޔަން އަށް ގޯލު ކުރިމަތިން ހުސްކޮށް ލިބުނު ބޯޅަ އޭނާ ގޯލާ ދިމާލަށް ފޮނުވާލުމުން ދަނޑީގައި ޖެހިފައި ދިޔައީ ބޭރަށެވެ. އެހެންނަމަވެސް ދެ ވަނަ ހާފްގައި ނޫނޯ ޓަވަރޭސް ދިން ބޯޅައަކުން ބުކާޔޯ ސަކާ ވަނީ އާސެނަލަށް ލީޑުނަގައިދީފައެވެ. އަދި އޭގެ ފަހުން ސަކާ އަށް އަނިޔާވެގެން ބަދަލެއްގެ ގޮތުގައި ކުޅެން އަރައި ގެބްރިއެލް ވަނީ އާސެނަލަށް ދެ ވަނަ ގޯލެއް ޖަހައި އެޓީމުގެ ލީޑު އިތުރަށް ލިޑް ފުޅާކޮށްދީފައެވެ.

ރޭ ލިބުނު މޮޅާއެކު އާސެނަލް ލީގުގެ ފަސް ވަނައިގައި އޮތީ 13 މެޗުން ލިބިފައިވާ23 ޕޮއިންޓާއެކުއެވެ. އެއީ ހަތަރުވަނައިގައި އޮތް ވެސްޓް ހޭމަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެން އެ ޓީމާ އެއްވަރަށް ޕޮއިންޓް ހޯދައިގެންނެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ސްޓީވެން ޖެރާޑްގެ ކޯޗުކަމުގައި އެސްޓަން ވިލާ އިން ކުޅުނު ދެ ވަނަ މެޗު ވަނީ ރަށުންބޭރުގައި 2-1 އިން ކްރިސްޓަލް ޕެލަސް ބަލިކޮށްފައެވެ. އަދި ރެލިގޭޝަނުގައި އޮތް ނޯވިޗް ސިޓީ އާއި ވުލްވްސް ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.