ކުޅިވަރު

ޓީ 20 ކްރިކެޓް ލީގުގައި މާލެ ވެޓްރަންސް ކްލަބާއި ވިޔަންސާ މެޗް ކާމިޔާބުކޮށްފި


މިހާރު ކުރިއަށްދާ ޓީ20 ކްރިކެޓް ލީގުގައި އިއްޔެގައި ކުޅުނު މެޗްތައް މާލެ ވެޓްރަންސް ކްލަބާއި ވިޔަންސާ ކާމިޔާބުކޮށްފިއެވެ. ކުޅިވަރު އެކުވެނި ކްރިކެޓް ދަނޑުގައި އިއްޔެ ހެދުނު ކުޅުނު މެޗް މާލެ ވެޓްރަންސްއިން ކާމިޔާބުކުރީ އޮފް އެފްސީއާއި ވާދަކޮށް 6 ވިކެޓުންނެވެ. އޮއްފު އެފްސީން ކުޅެންއަރައި 20 އޯވަރުގެ ތެރޭ ފަސް ކުޅުންތެރިން ނުބައިވެގެން ހެދުނީ 124 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ ތައުފީގް ސަލީމެވެ. ތައުފީގު ވަނީ 44 ބޯޅައިން 40 ލަނޑު ހަދައިފައެވެ. މާލެ ވެޓްރަންސްގެ ޗަންދަނާ 3 އޯވަރުގައި 9 ލަނޑަށް ދެ ވިކެޓް ނެގިއެވެ. އަދި އެ ޓީމުގެ މަލިންދާ ވަނީ 26 ލަނޑަށް ދެ ވިކެޓް ނަގައިފައެވެ.

ޖަވާބުގައި މާލެ ވެޓްރަންސް އިން ކުޅެން އަރައި 16 ވަނަ އޯވަރުގެ ތެރޭގައި 4 ކުޅުންތެރިން ނުބައިވެގެން 125 ލަނޑު ހަދައި މެޗުން މޮޅުވިއެވެ. މާލެ ވެޓްރަންސް ޓީމުން އެންމެ ރަގަޅަށް ކުޅުނީ 48 ބޯޅައިން 61 ލަނޑު ހެދި ސަވިންދަ މަންޖޫއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ވެސް މަންޖޫއެވެ. އޮފުއެފްސީގެ ގާރީ މުޙައްމަދު 4 އޯވަރުތެރޭ 24 ލަނޑަށް 2 ވިކެޓް ނެގިއެވެ.

އިއްޔެ މެންދުރު ފަހު ކުޅުނު މެޗް ވިޔަންސާ ކާމިޔާބުކުރީ މިލާން ކްރިކެޓް އެކެޑަމީއާއި ވާދަކޮށް 7 ލަނޑުންނެވެ. ޓޮސް ދިމާވުމުން ވިޔަންސާއިން ކުޅެން އަރައި 7 ކުޅުންތެރިން ނުބައިވެގެން 20 އޯވަރުތެރޭ އެޓީމަށް ހެދުނީ 169 ލަނޑެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ވިޔަންސާގެ ރޯމަން މިއާ 40 ބޯޅައިން 71 ލަނޑު ހެދިއިރު، ސުޖަން މިއާ ވަނީ 24 ބޯޅައިން 26 ލަނޑު ހަދައިފައެވެ. މިލާން އެކެޑަމީގެ ލީމް ޝަފީގް 14 ލަނޑަށް 3 ވިކެޓް ނެގިއިރު، އިބްރާހިމް ނަޝާތު ވަނީ 26 ލަނޑަށް 2 ވިކެޓް ނަގައިފައެވެ. ޖަވާބުގައި މިލާން ކްރިކެޓް އެކަޑަމީން ކުޅެން އަރައި 19.5 އޯވަރުގެތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން އެޓީމަށް ހެދުނީ 162 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ ގައުމީ ޓީމުގެ ޔޫސުފް އަޒިޔާން އާއި އާދަމް ނާސިފު އުމަރެވެ. އަޒްޔާން ވަނީ 36 ބޯޅައިން 48 ލަނޑު ހަދައިފައެވެ. ނާސިފަށް ހެދުނީ 35 ލަނޑެވެ.