18/30 ވުމެން ފުޓްސެލް ފިއެސްޓަރގެ ސެމީ ފައިނަލްގައި ސިފައިން ވެމްކޯ އާއި ވާދަކުރަންޖެހި، އެންމެފަހުގެ ޗެންޕިއަން އެމްޕީއެލްއާއި ޕޮލިސް ކުލަބް ވާދަކުރަން ޖެހިއްޖެއެވެ.
އަންހެނުންގެ ޑިވިޝަންގެ ގްރޫޕް ސްޓޭޖުގެ މެޗްތައް މިހާރު ވަނީ ނިމިފައެވެ. އަންހެނުންގެ ބައި ކުރިއަށް ގެންގޮސްފައިވަނީ 2 ގުރޫޕްއަކަށް ބަހާލައިގެންނެވެ. ކޮންމެ ގުރޫޕްއެއްގައި ތިން ޓީމް ހިމެނެއެވެ. ކޮންމެޓީމެއް ކޮންމެޓީމަކާ ދެ ފަހަރު ބައްދަލުކޮށް، އެންމެ ގިނަ ޕޮއިންޓް ލިބޭ ދެޓީމެއް ސެމީ ފައިނަލަށް ދަތުރުކުރާނެއެވެ.
ގްރޫޕްގެ އޭގެ އެއްވަނަ ހޯދީ 4 މެޗުން 12 ޕޮއިންޓް ހޯދައިގެން ދިވެހި ސިފައިންގެ ކުލަބެވެ. 4 މެޗުން 6 ޕޮއިންޓް ހޯދައިގެން މިގުރޫޕްގެ ދެވަނައަށް ދިޔައީ ޕޮލިސް ކުލަބެވެ. ގުރޫޕް އޭގެ އެންމެ ފުލަށް ދިޔައީ 4 މެޗުން ޕޮއިންޓެއް ނުލިބި ޓްރޭޑް ކުލަބެވެ. ގްރޫޕް ބީގެ އެއް ވަނަ 4 މެޗުން 10 ޕޮއިންޓް ހޯދައިގެން ލިބުނީ އެމްޕީއެލްއަށެވެ. ދެވަނައަށް ދިޔަ ވެމްކޯ އަށް 4 މެޗުން 5 ޕޮއިންޓް ލިބުނެވެ. މި ގުރޫޕްގެ އެންމެ ފުލަށް ދިޔަ ޓީމް ފެނަކައަށް 4 މެޗުން ލިބުނީ 1 ޕޮއިންޓްއެވެ.
އަންހެނުންގެ ބައި ރޭވިފައިވާ ގޮތުން ގްރޫޕް އޭގެ އެއްވަނަ ވާދަކުރާނީ ގްރޫޕް ބީގެ ދެވަނަ އާއެވެ. އަދި ގްރޫޕް ބީގެ އެއްވަނަ ވާދަކުރާނީ ގްރޫޕް އޭގެ ދެވަނައާއެވެ.
ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ މިމުބާރާތުގެ އަންހެނުންގެ ބައިގެ ސެމީ ފައިނަލް މެޗްތަށް ކުޅުމަށް ހަމަޖެހިފައިވަނި މިއަންނަ ހަފްތާގެ ހޯމަ ދުވަހުގެރޭ ގަނޑުއެވެ. 08:15ގައި ފެށުމަށް ހަމަޖެހިފައިވާ ފުރަތަމަ ސެމީ ފައިނަލް މެޗްގައި ބައްދަލުކުރާނީ ދިވެހި ސިފައިންގެ ކުލަބާއި ވެމްކޯއެވެ. އަދި ދެވަނަ ސެމީ ފައިނަލް މެޗްގައި ވާދަކުރާނީ އެމްޕީއެލްއާއި ޕޮލިސް ކުލަބްއެވެ. އަންހެނުންގެބައިގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 17ވަނަ ދުވަހުގެ ރޭ 08:30ގައެވެ.