ޓީޓީ ޔޫތު ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރަމުންދާ ރާއްޖޭގެ ފާތިމަތު ދީމާ ޢަލީއަށް ޑަބަލްސްގައި ވާދަކުރުމުގެ ފުރުސަތު ގެއްލިއްޖެއެވެ.
މިފުރުސަތު ރާއްޖެއަށް ގެއްލުނީ ދިމާއާއެކު ޑަބަލްސްގައި ކުޅޭ ޕާޓްނަރުކަމަށްވާ ނައިޖީރިއާގެ ސުކުރާތު އަޔުލްބިގަން އަށް މުބާރާތަށް ދަތުރު ނުކުރެވުމުގެ ސަބަބުންނެވެ. މިއީ ކުރިއަރަމުން އަންނަ ދީމާއަށް ލިބުނު ވަރަށް ބޮޑު ދެރައެކެވެ. ވޯލްޑް ޗެމްޕިއަންޝިޕްގައި ދީމާ ވާދަކުރީ 15 އަހަރުން ދަށުގެ ކެޓެގަރީގައެވެ. ޑަބަލްސްގައި ދިމާއާއެކު ޕެއަރ ހެދި ނައިޖީރިއާގެ ސުކުރާތު އަޔުލްބިގަން ޕޯޗުގަލްއަށް ނުދެވުނީ ޕީސީއާރް ޓެސްޓުގެ މައްސަލައެއް ދިމާވެގެންނެވެ.
ދިމާވަނީ މިކްސް ޑަބަލްސްގެ ފުރަތަމަ މެޗުން މޮޅުވެފައެވެ. މިިކްސް ޑަބަލްސްގައި ދީމާ އާއި މާޓިން ސިޕް ވަނީ އޮސްޓްރޭލިއާގެ ނީ ޗުލޯންގް އާއި ސައިހޯޖިއޯސް ކޮންސްޓަންޓީނާގެ ޕެއާ 3 ސެޓް 1 ސެޓުން ބަލިކޮށްފައެވެ.
ދީމާ އާއި އޭނާގެ މިކްސް ޑަބަލްސް ޕާޓްނަރު ސިޕް ހޯދި މޮޅާއެކު ދިމާވެފައި ވަނީ ޓީޓީގެ ވޯލްޑް ޗެމްޕިއަންޝިޕް މެޗެއް ކާމިޔާބުކުރި ރާއްޖޭގެ ފުރަތަމަ ކުޅުންތެރިންޔާއަށެވެ. ރާއްޖޭގެ ގައުމީ ޓީޓީ ޓީމަށް ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާ ދީމާ އާއި ސިޕް މެޗުން މޮޅުވެ ގަދަ 16ގެ ބުރަށް ދަތުރު ކުރިއެވެ. އެކަމަކު ގަދަ 16ގެ ބުރުގައި ރުމޭނިއާގެ ރިޗްޓާ ޔޫލިއާން އާއި ބިއަންކާ މެއި ރޯސޫއާ ދެކޮޅަށް ދީމާ އާއި ސިޕް ކުޅުނު މެޗުން ބަލިވީ ސީދާ 3 ސެޓުންނެވެ.
ސިންގަލްސް އިވެންޓްގައި ދީމާ ވަނީ ސްލޮވޭކިއާގެ ވިލްޓްސްކޯވް ޑޮމިނިކާއާ ދެކޮޅަށް ކުޅެ 4 ސެޓް 1 ސެޓުން ބަލިވެފައެވެ.