ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ގަދަ 16އިން އޮސްޓްރިޔާގެ ސަލްޒްބާގް ޖާގަހޯދައިފިއެވެ.
ސަލްޒްބާގްއިން ގަދަ 16ގެ ޖާގަ ޔަގީންކުރީ ސްޕެއިންގެ ސެވިއްޔާ ބަލިކުރުމަށްފަހުއެވެ. އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ސަަލްޒްބާގް ކުރިހޯދީ 1-0 ލަނޑުންނެވެ. މެޗުގެ ހަމައެކަނި ލަނޑު ސަލްޒްބާގްއިން ކާމިޔާބުކުރީ 50ވަނަ މިނިޓުގައި ނޯހް އޮކަފޯއެވެ. މެޗުގެ ދެވަނަހާފްގައި ޖޮއާން ޖޯޑަން ވަނީ ދެރީނދޫ ކާޑާއެކު ރަތްކާޑު ދައްކާފައެވެ. ރޭގެ މެޗާހަމަޔަށް ސެވިއްޔާ ވަނީ ރަށުން ބޭރުގައި އެންމެފަހުން ކުޅުނު 9 މެޗު ކާމިޔާބުކޮއްފައެވެ.
މިއީ އެންމެފަހުން ޔޫރަޕުގައި 7ވަނަ ސީޒަނުގައި ގުރޫޕް ސްޓޭޖު ވާދަކުރާ ފަސްވަނަ ފަހަރެވެ. މިއީ ފަސްފަހަރުގެ ތެރެއިން މުބާރާތުގެ ދެވަނަބުރަށް ކޮލިފައިނުވެ ދިޔަ ފުރަތަމަ ފަހަރެވެ. ސެވިއްޔާއިން ވަނީ ވޭތުވެދިޔަ 8 ސީޒަނުގެ ތެރެއިން 4 ސީޒަނުގެ ޔޫރަޕާ ލީގުގެ ތަށި ކާމިޔާބުކޮއްފައެވެ. ސަލްބާގްއިން މިހޯދި މޮޅާއެކު އެޓީމުން ނިންމާލީ ގުރޫޕުގެ ދެވަނައިގަ 10 ޕޮއިންޓާއެކުއެވެ. މިއީ ސަލްޒްބާގްއިން ވޭތުވެދިޔަ ހަތަރު ސީޒަނުގައި ގުރޫޕް ސްޓޭޖުގައި ވާދަކުރާ ތިންވަނަ ފަހަރެވެ. އެންމެފަހުން 3 އަހަރުވެސް ސަޒްބާގް ނިންމާލީ ތިންވަނައިގައެވެ.
ރޭގެ މިގުރޫޕުގެ ފްރާންސްގެ ލީލޭ އާއި ޖަރުމަނުގެ ވުލްފްބާގް ކުޅުނު މެޗު ލިލޭ ވަނީ ކާމިޔާބުކޮއްފައެވެ.