ސެމީފައިނަލްގައި ވާދަކުރާނެ ޓީމެއް ނިންމުމުގެ ފުރުޞަތު އޭނާއަށް ނެތްކަމަށާއި، ކޮންމެ ޓީމަކާއި ޖެހުނަސް ވަރިހަމަކަމަށް އިންޑިޔާގެ ކޯޗު ސެޓެފެން ކޮންސްޓެންޓިން ބުނެފިއެވެ. މިއަދު 4-1 ން ނޭޕާލް ބަލިކޮށް ގްރޫޕްގެ އެއްވަނަ ހޯދި މެޗަށްފަހު ކޯޗު ބުނީ ސެމީގައި ވާދަކުރަން ޖެހޭނެ ޓީމެއް ނިންމާނީ މާދަމާ އަފްޣާނިސްތާނާއި ދިވެހިރާއްޖެ ވާދަކުރަން ޖެހޭ މެޗުންކަމަށެވެ." ސެމީގައި ވާދަކުރާނެ ޓީމެއް ނިންމުމުގެ ފުރުޞަތު އަހަންނަކަށް ނެތް. ކޮންމެ ޓީމަކާއި ޖެހުނަސް ހެޔޮ. ކުޅެން ޖެހޭނެ ޓީމެއް ނިމޭނީ އަފްޣާނާއި ރާއްޖެ ވާދަކުރާ މެޗުން. " އިންޑިޔާ ކޯޗު ބުންޏެވެ.ރާއްޖެއާއި ބެހޭގޮތުން ކޯޗު ބުނީ ރާއްޖެއަކީ ކުރު ޕާސްތައް ދީގެން ކުޅޭ މޮޅު ޓީމެއްކަމަށެވެ.ނޭޕާލްއާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ކޯޗު ބުނީ ނޭޕާލްގެ ފެށުން ވަރަށް ރަނގަޅު ކަމަށާއި، ސަލާމަތް ވެވުނީ އޭނާގެ ކުޅުންތެރިން އަވަހަށް ހޭލައި ރައްދު ދިނުމުން ކަމަށެވެ. އަދި ނޭޕާލަކީ އަބަދުވެސް އުނދަގޫ ޓީމެއްކަމަށާއި، ނޭޕާލްގެ ކުރިމަގު ރަނގަޅު ކަމަށެވެ. ނޭޕާލް ކޯޗު ޕެޓްރިކް ބުނީ ފެށުން ރަނގަޅަށް ދިޔަ ނަމަވެސް ބަލިވީ ޑިފެންސިވް ގިނަ މިސްޓޭކްތަކެއް ހެދިގެން ކަމަށާއި، ލަނޑުތައް ވަނީ ރިސްކު ނަގައި ކުރިއަށް ޖެހުމުންކަމަށެވެ." މެޗުން މޮޅުވުން ނޫންގޮތެއް ނެތް. ދެވަނަ ހާފްގައި ރިސްކް ނަގައި ކުރިއަށް އެރީ މޮޅުވެގެން ނޫނީ ސެމީއަށް ދެވެން ނެތުމުން. ޑިފެންސިވް މިސްޓޭކްތައްވެސް މިއަދު ވަރަށް ގިނަ. " ކޯޗު ބުންޏެވެ.ނޭޕާލް ކޯޗުވެސް ބުނީ ނޭޕާލް ޓީމްގެ ކުރިމަގު އޮތްކަން މި މެޗުންވެސް ދައްކުވައިދީފިކަމަށެވެ.ނޭޕާލް ވަނީ ދެމެޗުންވެސް ބަލިވެ މުބާރާތުން ކަޓާފައެވެ. މިގްރޫޕުން ސެމީއަށް ދިޔައީ އިންޑިޔާއާއި ސްރީލަންކާއެވެ.