ކުޅިވަރު

ޤައުމީ ބިލިއާޑް ޓީމް އިވެންޓްގެ ޗެންޕިއަންކަން އީގަލްސްއަށް


ޤައުމީ ބިލިއާޑް މުބާރާތުގެ ޓީމު އިވެންޓުގެ ޗެމްޕިއަންކަން ކްލަބް އީގަލްސް ހޯދައިފިއެވެ. ޓީމު އިވެންޓްގެ ޗެންޕިއަންކަން ކްލަބް އީގަލްސްއިން ހޯދާފައިވަނީ ކަސްޓަމް ރެކްރިއޭޝަނާއި ވާދަކޮށް މެޗް ކާމިޔާބުކޮށްގެންނެވެ. މިމެޗް ކްލަބް އީގަލްސް ކާމިޔާބުކުރީ 7 ފްރޭމް 4 ފްރޭމުންނެވެ. އޭގެ ތެރެއިން ސިންގަލްސް ދެ ގޭމް އީގަލްސްއިން ގެންދިޔައީ 7 ފްރޭމް 4 ފްރޭމުންނެވެ. މިމުބާރާތުގެ އެންމެ ޝަރަފްވެރި ވަނަތަކަށް އިނާމް ދެއްވީ ރާއްޖޭގެ ރައީސުލް ޖުމްހުރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހެވެ.

މިމުބާރާތުގެ ފައިނަލުން ކްލަބް އީގަލްސް ޖާގަ ހޯދީ ދިވެހި ސިފައިންގެ ކްލަބާ ދެކޮޅަށް ކުޅުނު މެޗް 3 ފްރޭމް 1 ފްރޭމުން ކާމިޔާބުކޮށްގެންނެވެ. އަދި ކަސްޓަމްސް ރެކްރިއޭޝަން ކްލަބު ފައިނަލުން ޖާގަ ހޯދީ ބީޖީ ސްޕޯޓްސް ކްލަބާއި ވާދަކޮށް 3 ފްރޭމް 2 ފްރޭމުން މެޗް ކާމިޔާބުކޮށްގެންނެވެ. ގައުމީ ބިލިއާޑް މުބާރާތުގެ އެންމެ ފޯރިގަދަ އިވެންޓަކީވެސް ޓީމު އިވެންޓެވެ. އެއީ ތީމު އިވެންޓުގައި ބިދޭސީ ކުޅުންތެރިންނަށްވެސް ކުޅުމުގެ ފުރުސަތު ދީފައިވާތީއެވެ.

މުބާރާތުގެ ފިރިހެން އެއްވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ ހުސައިން ފަޔާޒެވެ. އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ ދީނާ އަހްމަދެވެ. މިކްސް ޑަބަލްސް ޗެމްޕިއަންކަން ހޯދީ ދީނާ އާއި ޢަލީ ފަޔާޒުގެ ޕެއާއެވެ. ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ ހުސައިން ފަޔާޒާއި ޢަލީ ޝާވިންގެ ޕެއާއެވެ. ދެވަނަ ޑިވިޝަންގެ ސިންގަލްސް ޗެމްޕިއަންކަން ހޯދީ އައްބާސް ސައީދެވެ.

ބިލިއާޑްގެ ގައުމީ މުބާރާތަކީ ބިލިއާޑް އެސޯސިއޭޝަނަށް ބައިނަލްގްވާމީ ފެންވަރުގެ މުބާރާތްތަށް ބޭއްވޭ ފެސިލިޓީއެއް ލިބުނު ފަހުން ކުރިއަށްގެންދިޔަ ފުރަތަމަ ގައުމީ މުބާރާތެވެ.