ކެޓްރީނާ ކައިފާއި ވިކީ ކޯޝާލްގެ ކައިވެނީގެ ވާހަކަ އަކީ މިހާރު އެންމެ ގަދަޔަށް ދެކެވޭ އެއް ވާހަކައެވެ. މި ކައިވެނި މިހާ މަޝްހޫރުވެފައިމިވަނީ ހަމައެކަނި އެ ދެތަރިންގެ ސަބަބުންނެއް ނޫނެވެ. މިއާއިއެކު ކައިވެނީގެ ހަފްލާއަށް ދާ މީހުންނަށް އޮތް ހަރުކަށި ޤަވާއިދުތަކެއްގެ ސަބަބުންވެސް މި ކައިވެންޏާއި ބެހޭގޮތުން އެތައް ބަޔަކު ވަނީ ވާހަކަ ދައްކާފައެވެ.
މި މަހުގެ 9 ވަނަ ދުވަހު ކެޓްރީނާއި ވިކީ ކައިވެނި ކޮށްފައިވަނި އިންޑިއާގެ ރާޖިސްތާންގައި ހުންނަ ސިކްސް ސެންސަން ފޯޓް ބަވަރާގައެވެ. ކައިވެންޏަށްފަހު މުމްބާއީގައި ވެޑިންގ ރިސެޕްޝަނެއް ބާއްވަން ނިންމާފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ. ނަމަވެސް މި ރިސެޕްޝަނަށް ނުދާނެ ބޮލީވުޑްގެ ތަރިންތަކެއްވެސް އެބަ އުޅެއެވެ.
ކެޓްރީނާގެ ކެރިއަރުގެ ކުރީކޮޅު ޖޯން ލީޑްރޯލު ކުޅޭ ފިލްމަކުން ކެޓްރީނާ ވަކިކުރި ހިސާބުން މި ދެމީހުންގެ ދެމެދުގައި ވަނީ މައްސަލަ ޖެހިފައެވެ.
އާލިއާ އާއި ކެޓްރީނާއާއި އޮތް ގުޅުން ކެނޑުނީ ކެޓްރީނާގެ ކުރީގެ ލޯބިވެރިޔާ ރަންބީރު ކަޕޫރާއި އާލިއާ ޑޭޓް ކުރަން ފެށި ހިސާބުންނެވެ. ވީމާ އާލިއާ މި ރިސެޕްޝަނަށް ދާނެކަމަކަށް ނުބެލެވެއެވެ. ނަމަވެސް ކުރިއަށްއޮތް ފިލްމު "ޖީލޭ ޒަރާ" އިން މި ދެތަރިން އެކުގައި ފެނިގެންދާނެއެވެ.
އިންޑިއާގެ ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ރިޕޯޓް ކުރާގޮތުގައި ރަންބީރުވެސް ރިސެޕްޝަނަކަށް ނުދާނެއެވެ. ރަންބީރު އާއި އާލިއާގެ ކައިވެނި އޮތީ އަންނަ އަހަރުއެވެ.
ކެޓްރީނާގެ ކުރީގެ ލޯބިވެރިޔާ ސަލްމާނާއި އޭނާ އަދިވެސް އޮންނަނީ ރަގަޅު ރަޙްމަތްތެރިކަމެކެވެ. ސަލްމާންގެ އާއިލާއާއި ކެޓްރީނާގެ ގުޅުންވެސް ރަގަޅެވެ. ނަމަވެސް ސަލްމާން މި ރިސެޕްޝަނަށް ނުދާނެކަމަށް މީޑިއާތަކުން ބުނެއެވެ.
ދީޕިކާ އަކީ ރަންބީރުގެ ކުރީގެ ލޯބިވެރިޔާއެވެ. އަދި ރަންބީރު ދީޕިކާއާއި ރުޅިވީ ކެޓްރީނާއާއި ހެދިކަމަށްވެސް ވަނީ އަޑުތައް އަރާފައެވެ. މިއާއިއެކު ދީޕިކާވެސް މި ރިސެޕްޝަނަށް ދާނެކަމަކަށް ޤަބޫލެއްނުކުރެވެއެވެ.
ވަރުން ދަވަން: ވަރުން ދަވަން އާއި ވިކީ ކޯޝާލްއަކީ މިހާރު ދެ ރައްޓެހިންނެއްނޫނެވެ. ޚަބަރުތައް ބުނާގޮތުގައި ކުރިއަށް އޮތް ފިލްމު 'ގޯވިންދާ މެރާ ނާމް' ގައި ވަރުންގެ ބަދަލުގައި ވިކީ ނެގި ހިސާބުން ދެ މީހުންގެ ގުޅުން ރަގަޅެއް ނޫނެވެ. ވީމާ ވަރުންވެސް ރިސެޕްޝަނަށް ނުދާނެކަމަށް ޔަޤީނާއި ގާތެވެ.
ވަރުން ދަވަން: ވަރުން ދަވަން އާއި ވިކީ ކޯޝާލްއަކީ މިހާރު ދެ ރައްޓެހިންނެއްނޫނެވެ. ޚަބަރުތައް ބުނާގޮތުގައި ކުރިއަށް އޮތް ފިލްމު "ގޯވިންދާ މެރާ ނާމް" ގައި ވަރުންގެ ބަދަލުގައި ވިކީ ނެގި ހިސާބުން ދެ މީހުންގެ ގުޅުން ރަގަޅެއް ނޫނެވެ. ވީމާ ވަރުންވެސް ރިސެޕްޝަނަށް ނުދާނެކަމަށް ޔަޤީނާއި ގާތެވެ.