ކުޅިވަރު

ޤައުމީ ފެތުންތެރިން ޤައުމީ ރެކޯޑްތަކެއް އާކޮށްފި


ފީނާ ވޯލްޑް ސްވިމިން ޗެމްޕިއަންޝިޕްގައި ވާދަކުރި ރާއްޖޭގެ ހުރިހާ ފެތުންތެރިންވެސް ގައުމީ ގިނަ ރެކޯޑްތަކެއް ހަދައިފިއެވެ. ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގައި މި މަހު ކުރިއަށް ދިޔަ ފީނާ ވޯލްޑް ސްވިމިން ޗެމްޕިއަންޝިޕްގައި ވާދަކޮށްފައިވަނީ އާއިޝަތު ސައުސަން، ހަމްނާ އަޙުމަދު، މުޙައްމަދު އާން ހުސައިން އަދި އިމްއާން ޢަލީއެވެ. މި ފެތުންތެރިންވަނީ ގައުމީ 9 ރެކޯޑެއް ހަދާފައެވެ.

ސައުސަންވަނީ ވޯލްޑް ޗެމްޕިއަންޝިޕްގައި ޝޯޓް ކޯސް 100 މީޓަރު ބެކްސްޓްރޯކް އަދި 200 މީޓަރު ބެކްސްޓްރޯކް އިވެންޓްގެ އަންހެން ރެކޯޑް އާ ކޮށްފައެވެ. ބެކްސްޓްރޯކްގެ 100 މީޓަރުގެ އިވެންޓް ސައުސަން ނިންމީ 01.14.03 އިންނެވެ. އަދި 200 މީޓަރު ބެކްސްޓްރޯކް އިވެންޓްގެ ޓައިމިން އަކީ 02.43.61 އެވެ. ރާއްޖޭގެ އެންމެ މޮޅެތި ފެތުންތެރިން ވާދަކުރި މުބާރާތް ސައުސަންއަށް ގެއްލުނީ ކޯވިޑް-19އަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. އަދި މިކްސް މެޑްލޭ ރިލޭ އާއި މިކްސްޑް ފްރީ ސްޓައިލް ރިލޭގައި ވާދަކޮށް ގައުމި ފަތާ ޓީމުން ދެ ރެކޯޑެއް އާ ކުރިއެވެ.

50 މީޓަރު ފްރީ ސްޓައިލް އިވެންޓްގައި އާން ވަނީ ގައުމީ ރެކޯޑްއާކޮށްފައެވެ. އާ މިރެކޯޑް ހަދާފައިވަނީ 00.25.00 ސިކުންތުންނެވެ. ކުރިން މިރެކޯޑް އޮތީ ނިސްވާން އިބްރާހީމް އަތުގައެވެ. ނިޝްވާން ވަނީ 2016ވަނަ އަހަރު ވޯލްޑް ޗެންޕިއަންޝިޕްގައި 00.25.73 ސިކުންތުން އިވެންޓް ފުރިހަމަކޮށްފައެވެ.

ހަމްނާ ވަނީ ވިމެންސް ޝޯޓްކޯސް 50 މީޓަރާއި ބެކްސްޓްރޯކް އަދި 100 މީޓަރު އިންޑިވިޖުއަލް މެޑްލޭގެ ޤައުމީ ރެކޯޑް އާ ކޮށްފައެވެ. މި ފަހަރުގެ މުބާރާތުގައި ހަމްނާވަނީ 50 މީޓަރު ބެކްސްޓްރޯކް އިވެންޓް ފަތާފައިވަނީ 00.32.78 އިންނެވެ. ސަތޭކަ މީޓަރު އިންޑިވިޖުއަލް މެޑްލޭ ފަތާފައިވަނީ 01.15.82 އިންނެވެ.

ފީނާ ޓްރެއިނިން ސްކޮލަޝިޕެއްގައި ރަޝިޔާގެ ކަޒާންގައި ހުންނަ ޑިވެލޮޕްމަންޓް ސެންޓަރުގައި ތަމްރީން ހަދަމުން އަންނަ އިމްއާން ވަނީ ފިރިހެން ޝޯޓްކޯސް 400 މީޓަރާއި ފްރީސްޓައިލް އާއި 100 މީޓަރު ބެކްސްޓްރޯކްގެ ގައުމީ ރެކޯޑް އާ ކޮށްފައެވެ. މި ފަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕްގައި އިމްޢާން 400 މީޓަރު ފްރީސްޓައިލް އިވެންޓް ފަތާފައިވަނީ 04.24.45 އިން ރޭސް ނިންމައިގެންނެވެ. އިމްއާން، ސަތޭކަ މީޓަރު ބެކްސްޓްރޯކް ފަތާފައިވަނީ 01.03.02 އިންނެވެ.