ކުޅިވަރު

ދިވެހި ޓީމަކީ މުސްތަޤްބަލް އޮތް ޓީމެއް - ކޯޗު


ދިވެހި
ޓީމަކީ މުސްތަޤްބަލް އޮތް ޓީމެއް ކަމަށް ޤައުމީ ފުޓްބޯޅަ ޓީމްގެ ކޯޗް ރިކީ ހާބަޓް
ބުނެފިއެވެ. ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލް މެޗްގައި އިންޑިއާ އަތުން 3-2 ން ރާއްޖެ ބަލިވި މެޗަށްފަހު ކޯޗް ހާބަޓް ބުނީ ޓީމްގައި ތިބި ޒުވާން ކުޅުންތެރިން ދައްކަމުން އަންނަ ކުޅުމާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭކަމަށެވެ. މެޗުން ބަލިވިނަމަވެސް މެޗްގެ ނަތީޖާ ބަދަލު ކުރުމަށް ކުޅުންތެރިން ވަރަށް ބޮޑަށް މަސައްކަތްކުރިކަމަށެވެ." މެޗްގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސްގައިވެސް ބުނިން މިމެޗަކީ ފަސޭހަ މެޗަކަށް ނުވާނެއޭ. މުބާރާތް ބާއްވާ ޤައުމުގައި އެމީހުންގެ ރައްޔިތުން ކުރިމަތީ ކުޅުންވާނީ ވަރަށްބޮޑު ގޮންޖެހުމަކަށޭ. ޖުމްލަކޮށް ހުރިހާ ކުޅުންތެރިންވެސް އެންމެ ފަހުވަގުތާ ޖެހެންދެންވެސް ވަރަށް ބުރަކޮށް މަސައްކަތްކުރި. ޒުވާން ކުޅުންތެރިން ދައްކާ ކުޅުމުން މި ޓީމްގެ މުސްތަޤްބަލް ވަރަށް ރަނގަޅަށް އެބަފެނޭ. " ސެމީފައިނަލް މެޗަށްފަހު ކޯޗް ހާބަޓް ބުންޏެވެ.އިންޑިއާގެ ކޯޗް ސްޓެފަން ކޮންސްޓެންޓައިން ބުނީ މިހާރު ބޭނުންވަނީ ނިމިދިޔަ މެޗް ހަނދާން ނައްތާލަންކަމަށެވެ. މުބާރާތުގެ ފައިނަލަށް ދަތުރުކުރުމުން ދެން ވާދަކުރަންޖެހޭނީ ކޮންޓީމަކާތޯ ވިސްނުމުގެ ބަދަލްގައި ސީދާ ފައިނަލް މެޗަށް ވިސްނަން ކަމަށެވެ. މިއަދުގެ މުޅި މެޗްގައި ކުޅުންތެރިން ދެއްކި ހިތްވަރަށް ޝުކުރު އަދާކުރާކަމަށެވެ. އަދި ކުޅުންތެރިންނަށް މަރުޙަބާ ކިޔާ ކަމަށެވެ." މިއަދު މެޗްގެ ފުރަތަމަ ހާފްގައި ކުޅުންތެރިން ވަރަށް ރަނގަޅަށް ކުޅުނު. ދިވެހިރާއްޖެ ލަނޑު ޖެހުމާ ހަމަޔަށް ރަނގަޅަށް ކުޅުނު. ޖުމްލަކޮށް މުޅި މެޗް ކޮންޓްރޯލްކޮށް ކުޅުނީ އިންޑިޔާ ޓީމް. މެޗަށް ނިކުތްއިރުވެސް އިނގޭ މެޗް ފަސޭހަނުވާނެކަން. އެހެންވެ ޓީމް ނިކުތީ އެކަމަށް ވަރަށް ރަނގަޅަށް ތައްޔާރުވެގެން. " އިންޑިޔާ ޓީމްގެ ކޯޗް ސްޓެފަން ބުންޏެވެ.ސެމީފައިނަލުން ބަލިވުމުން ރާއްޖެވަނީ ސާފް ސުޒުކީ ކަޕް 2015 ފުޓްބޯޅަ މުބާރާތުން ކަޓާފައެވެ.