ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅު ފަސްކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންގެ ދެކަނބަލުން ތައިލޭންޑަށް މިއަދު ފެއްޓެވުމަށް ހަމަޖެހިފައި އޮތް ދަތުރުފުޅު ކުރެއްވުން ލަސްކޮށްލައްވައިފިއެވެ.މި ދަތުރުފުޅު މިއަދު ނުފެއްޓެވީ، ރައީސްގެ ދެކަނބަލުން ދަތުރުކުރައްވަން ހަމަޖެހިފައި އޮތް ފްލައިޓްގައި ތިބި ދިވެހިންގެ ބަޔަކު ބޯޓްގައި ތިބެ ދެއްކި ވާހަކައެއްގެ އަޑު އެ ބޯޓްގައި ތިބި ފަތުރުވެރިންގެ ބަޔަކަށް އިވި، އެމީހުން އެއަރޕޯޓް ސެކިޔުރިޓީއަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ކަމަށް އެނގިވަޑައިގެންފައިވާ ކަމުގައި މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހާމަކުރައްވައެވެ.ފުލުހުން މިހާރު ވަނީ އެއަރޕޯޓް ސެކިޔުޓީން ހުށަހެޅި މި މައްސަލައިގެ ތުހުމަތުގައި 5 ދިވެއްސަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަވައި ސުވާލުކުރައްވަން ފަށްޓަވާފައެވެ.ރައީސް މިއަދު ތައިލޭންޑަށް ފެއްޓެވުމަށް ހަމަޖެހިފައި އޮތް ބޯޓް ފުރުމުގެ ކުރިން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ބޯޓް ވަނީ ފުރައިގެން ގޮސްފައެވެ.