އިނގިރޭސި އެފްއޭކަޕް ތިންވަނަ ބުރުގައި ސްވިންޑެން ޓައުނު އަތުން މޮޅުވެ މެންޗެސްޓަރ ސިޓީ މުބާރަތުގެ ހަތަރުވަނަ ބުރުން ޖާގަހޯދައިފިއެވެ. ރަށުން ބޭރުގައި ކުޅުނު މެޗު ސިޓީ ކާމިޔާބުކުރީ 4-1 ލަނޑުންނެވެ.
ހަތަރު ވަނަ ޑިވިޝަނުގެ ސްވިޑަން ދަނޑުގައި ރޭ ކުޅުނު މެޗުގައި ސިޓީގެ ތަރި އަކީ 19 އަހަރުގެ ވިންގް، ކޯލް ޕާމާއެވެ. އޭނާ ވަނީ މި މެޗުގައި ތަފާތު މޮޅު ކުޅުމެއް ދައްކައިފައެވެ. ސިޓީން މެޗުގެ 14 ވަނަ މިނިޓްގައި ލީޑުނެގީ ބެނާޑޯ ސިލްވާ ޖެހި ގޯލަކުން. މެޗުގެ 28 ވަނަ މިނިޓްގައި ސްވިންޑަންގެ ފަހަތުން ހެދި ގޯހެއްގެ ފައިދާނަގައި ކެވިން ޑިބްރޭނާ ޖައްސާލި ބޯޅައެއް އޭރިއާތެރެއިން ކޮންޓްރޯލް ކުރުމަށް ފަހު ގެބްރިއެލް ޖީސޫސް ވަނީ ސިޓީގެ ލީޑުފުޅާކޮށްދީފައެވެ. ދެ ވަނަ ހާފްގެ ކުޅުން ފެށިގެން މެޗުގެ 59 ވަނަ މިނިޓްގައި ސިޓީގެ ތިން ވަނަ ގޯލު ޖެހީ ހިލޭ ޖެހުމަކުން އިލްކާއި ގުންޑޮގާންއެވެ.
ސްވިންޑަން އިން ލަނޑު ޖެހީ މެޗުގެ 78 ވަނަ މިނިޓްގަ ހެރީ މެކްކާޑީއެވެ. ސިޓީ ހަތަރުވަނަ ލަނޑު ޖެހީ ޕާމާއެވެ. ސިޓީގެ ހަތް ކުޅުންތެރިން ހިމެނޭ ގޮތަށް ގާޑިއޯލާ އާއި އެއް އެސިސްޓަންޓް ކޯޗު ހުއާންމާ ލީއޯ ވެސް ކޮވިޑް ޖެހިގެން މި ވަގުތު ހުރީ ޓީމާ ދުރުގައެވެ. ސިޓީ ޓީމަށް އިރުޝާދުދިނުމުގައި ބެންޗުން ހަރަކާތްތެރިވީ އެސިސްޓަންޓް ކޯޗު ރޮޑޯލްފޯ ބޮރެލްއެވެ. ހަތަރު ވަނަ ޑިވިޝަނުގެ ސްވިޑަން ދަނޑުގައި ރޭ ކުޅުނު މެޗުގައި ސިޓީގެ ތަރި އަކީ 19 އަހަރުގެ ވިންގް، ކޯލް ޕާމާއެވެ. އޭނާ ވަނީ މި މެޗުގައި ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ.