ޚަބަރު

ދުންޔާ އާއި ފާރިޝްގެ ޕާސްޕޯޓް ހިފަހައްޓާފައެއް ނުވޭ


ރާއްޖޭގެ ޚާރިޖީ ވަޒީރު ދުންޔާ
މައުމޫނާއި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު ފާރިޝް މައުމޫން، ދާދި ފަހުން ސްރީލަންކާއަށް ކުރެއްވި އަމިއްލަ ދަތުރުފުޅުގައި އެ ޤައުމަށް
ވަޑައިގަތުމުން، ޕާސްޕޯޓް ހިފެހެއްޓި ކަމަށް ދެކެވޭ ވާހަކަތައް އެ ދެބޭފުޅުން ދޮގުކުރައްވައިފިއެވެ.




އެނގިފައިވާ ގޮތުގައި މި
ދެބޭފުޅުން ސްރީލަންކާއަށް ކުރެއްވި އަމިއްލަފުޅު ޒިޔާރަތުގައި އިމިގްރޭޝަން
ކައުންޓަރު ކައިރީ ވަގުތުކޮޅަކަށް މަޑުކޮށްލައްވަން ޖެހިވަޑައިގަތީ ކައުންޓަރުގެ
ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެނެވެ. އެހެންނަމަވެސް ވަގުތުކޮޅެއްފަހުން އެ
ބޭފުޅުންގެ މިފަދަ އެހެން ޒިޔާރަތްތަކާ އެއްގޮތަށް ހުރިހާ ކަމެއްވެސް ރަނގަޅަށް
ކުރިޔަށްދިޔައެވެ.



މިއަހަރުގެ ސްކޫލް ބަންދާ
ދިމާކޮށް ދިވެހިން ސްރީލަންކާއަށް ކުރި ދަތުރުތަކުގައި މީހުން ބަލައި ފާސްކުރުމާއި
ގެންދާ ތަކެތި ޗެކްކުރުމާއި އަދި އިމިގްރޭޝަން ކައުންޓަރުން ކުރެވޭ ސުވާލުތައް
ވަރަށް ބޮޑަށް ތަފާތުކަން ދިވެހިން ވަނީ އެކިފަހަރު މަތިން ފާހަގަކޮށްފައެވެ. އަދި
މިކަމާގުޅިގެން ދެ ޤައުމުގެ ކަމާބެހޭ އޮފިޝަލުންގެ މެދުގައި މަޝްވަރާތަކެއްވެސް
ވަނީ ކުރެވިފައެވެ.