ދުނިޔެ

ކިއުބާއަށް ގިނަ އަދަދަކަށް ޓުއަރިސްޓުން ޒިޔާރަތްކޮށްފި


ކިއުބާއާއި އެމެރިކާގެ
ގުޅުންތައް ރަނގަޅުވެއްޖެކަން ރައީސް ބަރަކް އޮބާމާ އިޢުލާންކުރެއްވިތާ އެއް އަހަރުފަހުން
ކިއުބާއަށް އާދަޔާޚިލާފަށް ގިނަ ޢަދަދަކަށް ޓުއަރިސްޓުން ޒިޔާރަތްކުރަން ފަށައިފިކަމަށް
ރިކޯޑްތަކުން ދައްކައިފިއެވެ. އަހަރުގެ ފުރަތަމަ އެގާރަމަސްދުވަހުގެ ތެރޭގައި ބޭރުގެ ތިނެއް ޕޮއިންޓް އެކެއް
މިލިޔަން ފަތުރުވެރިން އެގައުމަށް ޒިޔާރަތްކުރި ކަމަށްވެއެވެ.މިއީ ކުރީ އަހަރުގެ
ހިސާބުތަކަށްވުރެ ސަތާރަ ޕޮއިންޓް ހަޔެއް އިންސައްތަ އިތުރު ޢަދަދެއް ކަމަށް އެޤައުމުގެ
ތަފާސް ހިސާބުތަކާބެހޭ ރަސްމީ އިދާރާއިން ބުނެއެވެ. އަދި ޑިސެމްބަރުމަހުގެ
ނިޔަލަށް ކިއުބާއަށް ދަތުރުކުރި ފަތުރުވެރިންގެ އަދަދު ތިނެއް ޕޮއިންޓް ފަހެއް
މިލިއަނަށްވުރެ މައްޗަށް އަރާފައިވެއެވެ. މީގެ ތެރެއިން ގިނަބަޔަކު
ދަތުރުކޮށްފައިވަނި މަނަވަރުތަކުގައި ކެނެޑާ އަދި އެމެރިކާއިން ކަމަށްވެއެވެ.ކިއުބާގައި އައު
އަހަރު ޗުއްޓީ ހޭދަކުރުމަށް އެކަނިވެސް އެކެއް ޕޮއިންޓް ފަހެއް މިލިއަން ޓޫރިސްޓުން
ދާނެ ކަމަށް އެޤައުމުގެ ޓޫރިޒަމް މިނިސްޓްރީންވެސް އަންދާޒާ ކޮށްފައިވެއެވެ. މިއީ
ކުރީ އަހަރަށްވުރެ ނުވަޔެއް އިންސައްތަ އިތުރު ޢަދަދެކެވެ.