އީރާނާއި ސަޢޫދީ އަރަބިއްޔާއާއި ދެމެދުގައި އުފެދިފައިވާ މައްސަލަތައް ހައްލު
ކުރުމަށްޓަކައި މެދުވެރިއެއްގެ ބައި އަދާކުރަން ތައްޔާރަށް އޮތްކަން އިރާޤުން
ހާމަކޮށްފިއެވެ.
އިރާގުގެ ޚާރިޖީ ވަޒީރު އިބްރާހީމް އަލްޖައްފަރީ ވިދާޅުވީ މިކަމާބެހޭގޮތުން
އިރާޤުން ސަޢޫދީ ސަރުކާރާއި އީރާނުގެ ސަރުކާރާއި ގުޅާނެ ކަމަށާއި އެ ދެ ޤައުމު
އެއްބަސްވާނަމަ އެ ދެ ޤައުމުގެ ދެމެދުގައި މެދުވެރިއެއްގެ ބައި އިރާޤަށް
އަދާކުރެވިދާނެކަމަށެވެ.
އިރާޤުގެ ޚާރިޖީ ވަޒީރު މިމޭރުމުން ވާހަކަ ދައްކަވާފައިވަނީ އީރާނުގެ ޚާރިޖީ
ވަޒީރާ ޖަވާދު ޒަރީފްއާއި ތެހެރާންގައި ބައްދަލުކުރެއްވުމަށްފަހު ދެބޭފުޅުން
އެކުގައި ބޭއްވި ނޫސްކޮންފަރެންސެއްގައެވެ.
އިރާޤުގެ އިތުރުން ރަޝިޔާއާއި ތުރުކީވިލާތާއި އޮމާނުންވެސް ވަނީ އީރާނާއި ސަޢޫދީއާ ދެމެދު މެދުވެރިއެއްގެ ބައި އަދާކުރުމަށް ތައްޔާރަށް އޮތްކަން ހާމަކޮށްފައެވެ.